މަޖްލިސް ހުޅުވީ ނެތިގޮސްފައިވާ ބިދުޢައެއް އައުކުރަމުން: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
މަޖްލިސް ހުޅުވީ ނެތިގޮސްފައިވާ ބިދުޢައެއް އައުކުރަމުން: ޑރ. އިޔާޟް

ރައްޔިތުންގެ މަޖްލިސް މިއަހަރަށް ހުޅުވީ ނެތިގޮސްފައިވާ ބިދުޢައެއް އައުކުރަމުންކަމަށްވާތީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ކަންބޮޑުވުން ފައުޅުކުރައްވައިފިއެވެ.

"ނެތިގޮސްފައިވާ ބިދުޢައެއް އަލުން އިޢާދަކުރުމަކީ ވަރަށް ނުބައި ކަމެކެވެ. ތުންޖީނާ ޞަލަވާތަކީ ސުންނަތުން ސާބިތުވާ ޞަލަވާތެއް ނޫނެވެ. ވީއިރު މިއަދު މަޖިލިސް ފެށުމުގެ ކުރިން ބޭފުޅަކު ލައްވާ މިކަން ކުރުވިކުރުވުމަކީ ވަރަށް ބޮޑު ނުބައެކެވެ."

ތުންޖީނާ ޞަލަވާތް ކިޔެވުމާއި ޒިޔާރަތްތަކަށް ޒަދުރުބުނުމާއި އެތަންތަނާ އަރައި ހަމަވުމުން މޫނުގައި އަތް އެޅުން ފަދަ ކަންކަމަކީ ބިދުޢަ ކަމަށްވާތީ އެކަންކަން ކުރުން ޜާއްޖޭގައި ވަނީ ހުއްޓާލެވިފައެވެ. ނަމަވެސް އިސްލާމް ދީނުގެ ކަންކަން ފުރިހަމައަށް ނުއެނގޭ ޙާލު ކާފަކުރި ގޮތް ނޫން ގޮތަކަށް ދީނުގެ ކަންކަން ކުރައްވަން އުނދަގޫ ކަމަށް މަޖިލީހުގެ ރައީސް ގެންދަވަނީ ވިދާޅުވަމުންނެވެ.

ބިދުޢާވެރި ޢަމަލެއް ކުރާ މީހަކީ ކިތަންމެ މަތީ މަޤާމެއްގައި ހުރި މީހެއް ނަމަވެސް އަދި ކިތަންމެ މަތީ ތަނެއްގައި ހުރެ ކުރި ނަމަވެސް އެކަމުގެ ޙުކުމް ބަދަލެއް ނުވާނެއެވެ.

މިއަދު އޮންލައިން