އެހެން މީހަކަށް ކުރިމަތިކުރައްވަވާ ކޮންމެ މުޞީބާތަކީ ތިބާއަށް ދެއްވަވާ އިތުރު އިންޒާރެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
އެހެން މީހަކަށް ކުރިމަތިކުރައްވަވާ ކޮންމެ މުޞީބާތަކީ ތިބާއަށް ދެއްވަވާ އިތުރު އިންޒާރެކެވެ!

މީސްތަކުންނަށް މުޞީބާތްތައް ކުރިމަތިވުމުން ބައެއް މީހުން ދެކެނީ އެއީ އެއްވެސް ކަމެއް ނޫން ކަމަށެވެ. ތިމާއަށް އެކަމުން އެއްވެސް ގެއްލުމެއް ނުލިބޭނަމަ އެކަމާއިމެދު ވިސްނަން ވެސް ނުޖެހޭނެ ކަމަށެވެ. 

މިއީ ވަރަށް ނުބައި ވިސްނުމެކެވެ. އެއްވެސް މީހަކަށް ނުވަތަ ބައަކަށް އެއްވެސް ބާވަތެއްގެ މުޞީބާތެއް ކުރިމަތިވެއްޖެ ނަމަ އެކަމާއިމެދު ވަރަށް ފުންކޮށް ވިސްނަން ޖެހޭނެއެވެ. އަދި އެކަމާއި ކަންބޮޑުވެ ހެޔޮ ދުޢާވެސް ކުރަންވާނެއެވެ! 

އެހެން މީހަކަށް ނުވަތަ ބައަކަށް އެއްވެސް ބާވަތެއްގެ މުޞިބާތެއް ކުރިމަތި ކުރައްވަވައިފިނަމަ އެއީ ތިމާއަށް ދެއްވެވި އިންޒާރެއް ކަމަށް ބަލައިގަންނާށެވެ! ހަމަ އެ މުޞީބާތް ނުވަތަ އެއަށްވުރެ ބޮޑު މުޞީބާތެއް މާދަމާ ތިމާއަށް ކުރިމަތިކުރައްވަވައިފާނެ ކަމަށް ބިރުވެތިވާށެވެ! 

އިސްވެދިއަ ޒަމާންތަކުގައި މީސްތަކުންނަށް ކުރިމަތި ކުރެއްވެވި މުޞީބާތްތަކުގެ ވާހަކަ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވަވާފައި އޮތުން މިކަމުގެ ދަލީލަކަށް ފުދެއެވެ. ދުނިޔެ ދެމިއޮތްހައި ދުވަހަކު އެވާހަކަތައް ދެމިއޮންނާނެ ގޮތަށް މެދުވެރިކުރައްވަވާފައި އެވަނީ މީސްތަކުން އެކަންކަމުން ޢިބްރަތް ޙާޞިލުކުރުމަށެވެ. މީސްތަކުންގެ ޢަމަލުތައް އިޞްލާޙް ކުރުމަށް ދެއްވަވާ އިންޒާރަެއްގެ ގޮތުގައެވެ. 

އެއްވެސް އިންށާނަކީ އެއްވެސް ބާރެއް ހުރި މީހެއް ނޫނެވެ. އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށެވެ! ވީމާ އަބަދުވެސް މަސައްކަތްކުރަންވީ ﷲ ތައާލާގެ ރުހިވޮޑިގަތުން ހޯދުމަށެވެ. ގިނަގިނައިން ދުޢާކުރަންވީ ﷲ ތަޢާލާގެ ރަޙްމަތަށް އެދިއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން