"ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ޓާގެޓްކޮށް ނިރުބަވެރި ހަމަލާ ދިނުމަކީ ވަރަށް ދަށު ދަރަޖައިގެ ޢަމަލެކެވެ. އެކަން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަމެވެ. އެއީ އިސްލާމްދީނުގައި މަނާކުރައްވާފައިވާ ބޮޑުވެގެންވާ ޖަރީމާއެމެވެ!
ޞައްޙަ ޙަދީޘްފުޅުގައި ވަނީ، އަމާންކަން ދެވިފައިވާ މުޢާހިދު ޣައިރު މުސްލިމަކު މަރައިފި މީހަކަށް ސުވަރުގޭގެ ވަސްވެސް ނުލިބޭނެ ކަމަށެވެ.
ބައްލަވާ؛ބުޚާރީ 3166"
--ޝައިޚް ޝަފީޢު ޢަބްދުﷲ