ޙަޔާތުގަ ބައްދަލުވި އެންމެ ޚާއްޞަ މެހްމާން!؛ ފަތިސް ނަމާދަށް ނުގެން ދިއުމުން ރުޅިއަންނަ 3 އަހަރުގެ ކުއްޖާ!- މާޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ޙަޔާތުގަ ބައްދަލުވި އެންމެ ޚާއްޞަ މެހްމާން!؛ ފަތިސް ނަމާދަށް ނުގެން ދިއުމުން ރުޅިއަންނަ 3 އަހަރުގެ ކުއްޖާ!- މާޝާ ﷲ

މާތް ﷲގެ ވާގިފުޅާއިއެކު އިއްޔެގެ ޢަޞްރު ނަމާދުގައި ހުންނަން ޖެހުނީ ވަރަށް ކުޑަކުއްޖަކާ ޖެހިގެންނެވެ. އެ ކުއްޖާގެ ކުޑަކަމާއިއެކުވެސް ވަށް ފުރިހައަމަށް ނަމާދުކުރިއެވެ.

ސަލާމް ދިނުމަށްފަހު އޭނާ ގޮވައިގެން މިސްކިތަށް ގޮސް އިން ކާފަ އާއި ޝަކުވާތަކެއް ކުރާތީ ފެނުނެވެ. އެހެންވެ ނަމާދުގެ ކަންކަން ނިންމައި ނުކުންނަންތެދުވުމުން ކާފަ ގާތު ކުއްޖާގެ އުމުރާއި އަދި އޭނާ ނަމާދު ނިމިގެން ދެއްކީ ކޮން ވާހަކައެއްތޯ އަހައިލީމެވެ.

"ދަރިފުޅުިގެ ޢުމުރަކީ 3 އަހަރު. ޝަކުވާ އެކުރީ ސަލާމްދިނުމުން ދުޢާ ނުކިޔައި މީހުން މިސްކިތުން ފައިބައިގެންދާތީ! އިރާދަ ކުރެއްވިއްޔާ ކޮންމެ ރެއަކު ފަތިސް ނަމާދަށް ވެސް ހޭލާނެ. މިސްކިތަށް ޖަމާއަތަށް ނުގެންގޮސްފި ނަމަ ރުޅިވެސް އަންނާނެ!" ކާފަގެ ޖަވާބާއިއެކު އަޅުގަނޑަށް އުފަލުން ރޮވުނެވެ.

އެކުއްޖާޢަށާއި ކުއްޖާގެ މައިންބަފައިންނަށާއި ޢާއިލާގެ އެންމެންނަށްޓަކައި ހެޔޮ ދުޢާކުރަމެވެ. ދިވެހި ހުރިހާ މައިންބަފައިންނަކީ ވެސް މިފަދައިން ދަރިން ތަރުބިއްޔަތުކުރަން ޝައުޤުވެރިވާ ބައަކު ކަމުގައި ލެއްވެވުން އެދި ދުޢާ ކުރަމެވެ. އާމީން

މިއަދު އޮންލައިން