ސަވާބު އިތުރުވަނީ ހެދުން ގިނަކުރުމަކުން ނޫނެވެ! ސާފުތާހިރުވުމުންނެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ސަވާބު އިތުރުވަނީ ހެދުން ގިނަކުރުމަކުން ނޫނެވެ! ސާފުތާހިރުވުމުންނެވެ!

މިހާރަކަށް އައިސް ގިނަ ބައަކު އުޅެނީ ހެދުން ގިނަ ނުކުރެވިގެންނެވެ! އަލަމާރީގެ ވޯދްރޯބްތައް ފުރިގެން ކޮތަޅުތަކަށް އަޅާވަރަށް ހެދުން ހުންނައިރުވެސް އުޅެނީ ހަމަ ހެދުން މަދުވެގެންނެވެ. 

މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. އެމީހާއަށް ކޮންމެ ހެން ބޭނުންވާ ވަރަށްވުރެ ގިނައިން އަތުގައި ފޭރާން ބެހެއްޓުމަކީ އިސްރާފުގެ އަމަލެކެވެ. ތަނަވަސްކަން ހުރެފައި އައު ހެދުން ލުމަށް ލޯބިކުރާނަމަވެސް އަތުގައި ހެދުން ގިނަ ނުކުރާށެވެ! އަލަށް ފަހާ ނުވަތަ ގަންނަ ހެދުމަކަށް ހެދުމަކަށް އަތުގައި ހުރިތަނުން ހެދުމެއް ފަޤީރަކަށް ބަދަޤާތްކުރާށެވެ! އަތަށް ގިނަވިއަ ނުދޭށެވެ! 

ﷲ ތަޢާލާ ލޯބިވެވޮޑިގެންވަނީ އެމީހާގެ އަތުގައި ހުންނަ ހެދުމުގެ އަދަދު ގިނަވެފައި އަގުބޮޑުވުމަކުން ނޫނެވެ! ލައިގެން ހުންނަ ފޭރާމުގެ ސާފުތާހިރުކަމުންނެވެ! ވީމާ ކިތަންމެ މަދުން އަތުގައި ހެދުން ހުރި ނަމަވެސް ސާފުތާހިރުކަންމަތީގައި ހުންނާށެވެ! އެއޮތީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން އެކަމުން ލިބިފައެވެ! އިން ޝާ ﷲ 

އަތުގައި ފޭރާން މަދުވުމަކީ އެއްގޮތަކަށްވެސް ދެރަވެ ހިތާމަކުރަން ޖެހޭ ކަމެއް ނޫނެވެ! ލަދުގަންނަންވެސް ޖެހޭ ކަމެއް ނޫނެވެ! ﷲ ތަޢާލާ ކޮންމެ ނިޢްމަތެއްވެސް ކޮންމެ މީހަކަށްވެސް މިދުނިޔޭގައި ދެއްވަވަނީ ވަކި މިންވަރަކަށެވެ. އިމެއް ނެތި ނިޢްމަތްތައް ލިބުން އޮތީ ސުވަރުގެއިންނެވެ. ވީމާ ﷲ ތަޢާލާ ދެއްވެވި މިންވަރަށް ޝުކުރުވެރިވާށެވެ! ނިޢްމަތްތައް އިމެއް ނެތި ލިބިގަތުމަށްޓަކައި ސުވަރުގެ ދިއުމަށް ގަދައަޅައި މަސައްކަތްކުރާށެވެ!  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން