ހަތްވަނަ އުޑުގެ މަތީގައިވާ ބޮޑުވެގެންވާ "ކުންނާރު" ގަހަށް ސިދްރަތުލް މުންތަހާ ކިޔުނު ސަބަބުތައް! : ޝައިޚް ޝާފިޢު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
ހަތްވަނަ އުޑުގެ މަތީގައިވާ ބޮޑުވެގެންވާ "ކުންނާރު" ގަހަށް ސިދްރަތުލް މުންތަހާ ކިޔުނު ސަބަބުތައް! : ޝައިޚް ޝާފިޢު

އަލްޢައްލާމާ ޢަބްދުއްރަޙްމާން ބިން ނާޞިރް އައްސިޢްދީ ރަޙިމަހުﷲ ވިދާޅުވިއެވެ. 

ސިދްރަތުލް މުންތަހާ އަކީ: ހަތްވަނަ އުޑުގެ މަތީގައިވާ ބޮޑުވެގެންވާ "ކުންނާރު" ގަހެކެވެ. އެ ގަހަށް ސިދްރަތުލް މުންތަހާއޭ ކިޔުނީ

(1) އެއީ ބިމުން އުޑަށް އަރާ ހުރިހާ އެއްޗެއް ފޯރާ އިންތިހާ، އަދި ﷲ ގެ ޙަޟްތަރުން ފައިބާ "ބާވައިލެއްވޭ" ވަޙީއާއި އެނޫން ވެސް ތަކެތި އޭގެ ދޮށަށް ފައިބާތީޢެވެ.

 (2)ނުވަތަ އެއީ ޚަލްޤުތަކުންގެ ޢިލްމު ނިމޭ އިންތިހާއަށް ވާތީއެވެ.

(3) ނޫނީ އެ ގަސް ވަނީ އުޑުތަކާއި ބިންތަކުގެ މަތީގައި ކަމުން އެއީ އެ އުޑުތަކާއި ބިންތަކުގެ އުސްކަމުގެ އިންތިހާއަށް ވާތީއެވެ. ނޫނީ އެނޫވެސް އެފަދަ އެހެން ސަބަބަކާހެދިއެވެ.

تفسير السعدي (ص: ٨١٩ 

- ޝައިޚް މުޙައްމަދު ޝާފިޢު

މިއަދު އޮންލައިން