ފިރިހެނުން ނަމާދުގެ ޖަމާޢަތަށް ޙާޒިރު ނުވުމަކީ މުނާފިޤް ކަމުގެ ޢަލާމާތެއް!: އިބްނުލް ޤައްޔިމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
ފިރިހެނުން ނަމާދުގެ ޖަމާޢަތަށް ޙާޒިރު ނުވުމަކީ މުނާފިޤް ކަމުގެ ޢަލާމާތެއް!: އިބްނުލް ޤައްޔިމް

ފިރިހެނުން ނަމާދުގެ ޖަމާޢަތަށް ޙާޒިރު ނުވުމަކީ މުނާފިޤް ކަމުގެ ޢަލާމާތެކެވެ! މިއީ ވަރަށް ބޮޑަށް ބިރުވެތިވާން ޖެހޭނެ ކަމެކެވެ. ޖަމާއަތަށް ނަމާދަށް ނުދިއުމަށް މީހާގެ ދަރަޖަ އާއި މަޤާމް ފަދަ ބަހަނާތަކެއް ނުދެއްކޭނެއެވެ! ސެކިޔުރިޓީގެ ވާހަކައެއްވެސް ނުދެއްކޭނެއެވެ. ސެކިޔުރިޓީން ގެންގުޅޭ މީހަކު ނަމަ ސެކިޔުރިޓީން ގޮވައިގެންވެސް ޖެހޭނީ ޖަމާޢަތަށް ނަމާދަށް ދާށެވެ!

ނަމާދުގައި މުނާފިޤުން ކަމުގެ 6 ޢަލާމާތެއް އިބްނުލް ޤައްޔިމް ވިދާޅުވެފައިވާއިރު 6 ވަނަ އަށް އޮތް ފިރިހެނުން ނަމާދުގެ ޖަމާޢަތަށް ޙާޒިރު ނުވުން ސުރުޚީގައި މިނެގީ މިއާދަ އަޅުގަނޑުމެންގެ ތެރޭގައި އޮތް މިންވަރު ބޮޑުކަމުންނެވެ. ދީނުގެ ކަންކަމުގައި ފަތޔުވާ ނެރުއްވާ ބޭފުޅުންވެސް ޖަމާއަތަށް ވަޑައިނުގަންނަވާތީއެވެ!

އެކަންކަމުން ހިތްވަރު ލިބި މީސްތަކުންވެސް އެކަމަށް ފަރުވާކުޑަކުރާކަން އެއީ ހިތާމަހުރިކަމެކެވެ! ޖަމާޢަތަށް ނަމާދަށް ވަޑައި ނުގަންނަވާ ބޭފުޅުންވެސް ދަރުސް ދެއްވާއިރު ވިދާޅުވަނީ ޖަމާޢަތަށް ދާން ޖެހޭނެ ކަމަށެވެ. ނަމަވެސް ޢަމަލުން އެކަން ދައްކަވަނީ އެހެން ގޮތަކަށެވެ! މީސްތަކުންނަށް އޮޅުން އަރަނީ އެ ސަބަބަށްޓަކައެވެ!

ތިރީގައި މިވަނީ ޝައިޚް މުޙައްމަދު ލިޔުއްވާފައިވާ ލިޔުއްވުމެކެވެ. މުނާފިޤުން ކަމުގެ 6 ސިފަކަމުގައި އިބުނުލް ޤައްޔިމް ބަޔާން ކުރައްވަވާފައިވާ 6 ކަންތަކެވެ! މިކަންކަމަސް ސަމާލުކަން ދިނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްވެސް އޮތް ވާޖިބެކެވެ!

އިބްނުލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވިއެވެ.

ނަމާދުގައި މިކަންކަން ހިމެނިގެންވުމީ ތިބާ މުނާފިޤުންގެ ތެރެއިންވާ ކަމުގެ ޢަލާމާތްތަކެވެ.

1- ކަންނެތްކަމާއެކު ނަމާދު ޤާއިމުކުރުން

2- ކަންދެއްކުމަށް ނަމާދުކުރުން

3- ނަމާދު އޭގެ ވަގުތުގެ ކުރީކޮޅުގައި އަދާނުކޮށް އަބަދުވެސް ފަސްކުރުން

4- ނަމާދުގައި ޙަރަކާތްތައް ކުރުމުގައި އަވަސްއަރައިގަތުން

5- ނަމާދުގައި މަދުން މެނުވީ ﷲ ހަނދުމަނުކުރުން، (އެބަހީ ދުނިޔަވީ ޚިޔާލުތައް ގިނަވުން)

6- (ފިރިހެނުން) ނަމާދުގެ ޖަމާޢަތަށް ޙާޟިރުނުވުން الصـلاة وحڪم تارڪهـا للامـام ابـن القيـم-رحمه الله- 1 /173

--الشيخ محمد شافع

މިއަދު އޮންލައިން