ހަމައެކަނި ޖަމާޢަތުގައި ޤުނޫތު ކިޔާލައިގެން މުޞީބާތްތަކުން ސަލާމަތްވެވޭނެ ކަމަށް ހީކުރަނީ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 7ސ
ހަމައެކަނި ޖަމާޢަތުގައި ޤުނޫތު ކިޔާލައިގެން މުޞީބާތްތަކުން ސަލާމަތްވެވޭނެ ކަމަށް ހީކުރަނީ ހެއްޔެވެ؟

ކޮރޯނާ ވައިރަސް އާއި ގުޅިގެން ރާއްޖޭގެ މިސްކިތްތަކުގައި ރޭގަނޑު ޖަމާޢަތުގައި ކުރާ ނަމާދުތަކުގައި މިގެންދަނީ ޤުނޫތު ކިޔަމުންނެވެ! ސުވާލަކީ ހަމައެކަނި ޤުނޫތު ކިޔާލައިގެން ބަލާމުޞީބާތްތަކުން ސަލާމަތްވެވޭނެ ހެއްޔެވެ؟

ޤުނޫތުވެސް ކިޔަންވީ އެވެ. ހަމައެއާއިއެކު ﷲ ތަޢާލާއަށް ބިރުވެތިވާންވެސް އެބަ ޖެހެއެވެ! ﷲ ތަޢާލާއަށް ބިރުވެތިނުވެވި ބަލާމުޞީބާތްތަކުން ސަލާމަތްވެ ތިބެވޭނެ ކަމަށް އުންމީދުކުރާ ނަމަ އެއީ ކުރެވޭ ވަރަށް ބޮޑު ހީއެއްކަން މިލިޔުމުގައިވާ ލިޔުމުން ވަރަށް ރަނގަޅަށް އެނގިގެންދާނެއެވެ!

އެ ލިޔުމުގައި ވެއެވެ.

"ﷲ ތަޢާލާޢަށް ބިރުވެތިވުން" އަހަރެން މާނަކުރާނީ ދެކަމެއް ކުރުމަށެވެ.

ފުރަތަމަ ކަމަކީ ﷲ ތާޢާލާ ނަހީކުރައްވަވާފައިވާ އެއްވެސް ކަމެއް ނުކުރުމެވެ. އެފަދަ އެންމެހައި ކަންކަމާއި ދުރުހެލިވެގެން ހުރުމެވެ. އެއްވެސް ވަރަކަށް ކައިރިނުވުމެވެ. ދެވަނަ ކަމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެ ކޮންމެ ކަމެއް ވެސް ކުރުމެވެ. ހަމަ އެއްވެސް ކަމެއް ދޫކޮށް ނުލައި އެމީހަކަށް ކުރެވުނުހައި ގިނައިން ހެޔޮ އަމަލުތައް ކުރުމެވެ. ކުރާ ކޮންމެ ކަމަކުންވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެ ގޮތަށް ކުރުމެވެ. މިދެބައި ފުރިހަމަ ނުކުރެވި ﷲ ތާޢާލާއަށް ފުރިހަމަ ގޮތުގައި ބިރުވެތިވުމަކީ ކުރެވޭނެ ކަމެއް ނޫނެވެ!"

ވިދާޅުވެ ބައްލަވާށެވެ! ﷲ ތަޢާލާއަށް ބިރުވެތިވާން އަހަރެމެންނަށް ކުރެވެނީ ކޮން ކަމެއް ހެއްޔެވެ؟ ޤައުމުގައި އިތުރުވަމުން ދަނީ ﷲ ތަޢާލާއަށް ބިރުވެތިވުން ހެއްޔެވެ؟ ނޫންނަމަ ބިރު ނުގަތުން ހެއްޔެވެ؟ އެކަންކަން ހުއްޓުވަން ސަރުކާރަށް ކުރެވެނީ ކޮން ކަމެއް ހެއްޔެވެ؟

ބޮޑެއް ކުޑައެއް ކިޔުމެއް ނެތި ފާފަތަކަށް ބަލައިފިނަމަ އިތުރު ނުވަނީ ކޮން ފާފައެއް ކުރުން ހެއްޔެވެ؟ ފާފަތައް ކުރުން ހުއްޓުވަން ﷲ ތަޢާލާ ބާވައިލެއްވެވި ޙައްދުތަކުން ޤާއިމުކުރެވެނީ ކޮން ޙައްދެއް ހެއްޔެވެ؟ ޤާނޫނުތައް ހަދާފައިވަނީ ހުރިހާ ޙައްދުތަކަށް ގޮންޖަހައި ފާފަކުރަން ހިތްވަރު ލިބި މަގުފަހިވާގޮތަށް ނޫން ހެއްޔެވެ؟

ލިޔުން: ﷲ އަށް ބިރުވެތިވާން ބޭނުންނަމަ އެކަމުގެ މާނައިގައި ހިމެނޭ ދެކަންތައް ދަސްކޮށް ޢަމަލުކުރަން ޖެހޭ!

"ﷲ ތަޢާލާއަށް ބިރުވެތިވާށޭ!" ބުނެފިނަމަ ގިނަ ބައަކު ނަގަނީ އެބަހުގެ ލަފްޒީމާނައެވެ. އެއިގެ ހަޤީޤީ މާނައަށް ވިސްނައިލެވެނި މަދު މީހަކަށެވެ. އެހެނީ ކަމަކަށް ބިރުވެތިވުމަކީ ހުރިހާ ގޮތަކުންވެސް އެކަމަކުން ދުރުހެލިވުން ކަމުގައި ﷲ ތަޢާލާއަށް ބިރުވެތިވުމުގެ މާނައަކީ ﷲ ތަޢާލާ ކޯފާވެވޮޑިގަންނަވާނެ ރުހިވޮޑިނުގަންނަވާނެ އެންމެހައި ކަންކަމުން ދުރުވުމެވެ. އެކަންކަމާއި ވީހައި ދުރަށް ދިއުމެވެ.

މިއަދު މީސްތަކުން ބިރު ގަންނަނީ ޤައުމަށް ނުރައްކައުތެރި ހާލަތެއް ކުރިމަތިވެގެން ކުއްލި ޙާލަތު އިއުލާނުކުރުމުންނެވެ. ދިރިއުޅޭ އިމާރާތުގައި އަލިފާން ރޯވެ އަނދަން ފެށުމުންނެވެ. އިމާރާތް ދޫކޮށް ވަގުތުން ނުކުންނަން އެންގުމުންނެވެ.

އެކަމުގެ ނަތީޖާއަކަށް މިވަނީ ޤިޔާމަތް ދުވަހުގެ ބިރުވެރިކަން ލޮލަށް ނުފެންނާތީ ބިރު ނުގަތުމެވެ. އެދުވަހުގެ ބިރުވެރިކަމާއި ކުރިމަތިލާންޖެހޭނެ ބިރުވެރި ޙާލަތުގެ ވާހަކަ ކީރިތި ޤްރްއާނާއި ޙަދީޘްފުޅުތަކުން އެނގެން އޮތަ ނަމަވެސް އެކަންކަން ހިތުގެ އަޑިން ޤަބޫލު ނުކުރެވެނީއެވެ. ނަމަވެސް މިބުނަނީ އަހަރެމެން މިތިބީ ﷲ ތަޢާލާއަށް އީމާންވެގެން ކަމަށެވެ. އެހެންކަމަށްވާއިރު ތިމަންނާ މިހުރީ އީމާންވެގެން ކަމަށް ތިއަ ބުނަނީ ކޮން ހައިޞިއްޔަތަކުން ހެއްޔެވެ؟

ކީރިތި ޤްރްއާނުގައި ﷲ ތަޢާލާއަށް ބިރުގަތުމަށް ﷲ ތަޢަލާ ވަހީކުރައްވަވާފައިވާ އާޔަތްތަކުގައި ބަޔާން ކުރައްވަވާފައިވާ ބަސްފުޅުތަކުގެ ޢަރަބި ބަހުގެ މާނައަށް ބަލައިފިނަމަ އެނގިގެންދާނީ އެކަމަކުން ސަލާމަތްވުމަށް ކުރެވެންހުރި ހުރިހާ ކަންކަން ކުރަންޖެހޭނެ ކަމެވެ.

"ﷲ ތަޢާލާޢަށް ބިރުވެތިވުން" އަހަރެން މާނަކުރާނީ ދެކަމެއް ކުރުމަށެވެ.

ފުރަތަމަ ކަމަކީ ﷲ ތާޢާލާ ނަހީކުރައްވަވާފައިވާ އެއްވެސް ކަމެއް ނުކުރުމެވެ. އެފަދަ އެންމެހައި ކަންކަމާއި ދުރުހެލިވެގެން ހުރުމެވެ. އެއްވެސް ވަރަކަށް ކައިރިނުވުމެވެ. ދެވަނަ ކަމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެ ކޮންމެ ކަމެއް ވެސް ކުރުމެވެ. ހަމަ އެއްވެސް ކަމެއް ދޫކޮށް ނުލައި އެމީހަކަށް ކުރެވުނުހައި ގިނައިން ހެޔޮ އަމަލުތައް ކުރުމެވެ. ކުރާ ކޮންމެ ކަމަކުންވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެ ގޮތަށް ކުރުމެވެ. މިދެބައި ފުރިހަމަ ނުކުރެވި ﷲ ތާޢާލާއަށް ފުރިހަމަ ގޮތުގައި ބިރުވެތިވުމަކީ ކުރެވޭނެ ކަމެއް ނޫނެވެ!

މިސާލަކަށް މިނިކާވަގު ދިރިއުޅޭ ޖަންގައްޔެއް ހުރަސްކުރާނަމަ ހަމައެކަނި ބަޑިއެއް ހިފައިގެން ކުރިއަށްދާން ހެޔޮވެދާނެ ހެއްޔެވެ؟ ކުލިއަކަށް ނުކުންނަ މިނިކާވަގެއް ތިބާގެ ބަޑިއޮތް އަތަށް ފުންމާލައި ދީފާނެ ހަމަލާއަކަށް ބިރުގަންނަން ނުޖެހޭނެ ހެއްޔެވެ؟ އެކަމަށް އަޅަންޖެހޭ ރައްކައުތެރިކަމުގެ ފިޔަވަޅުތައް ނުއަޅައި ކުރިއަށްދާން ހެޔޮވެދާނެ ހެއްޔެވެ؟

އަދިވެސް ވިސްނައިލާށެވެ! ތިބާ ދިރިއުޅޭ ގޭގައި ވިހަގަދަ ހަރުފައެއް އުޅޭކަން އެބަ އެނގެއެވެ. އެ ހަރުފަ އަތުލައި ގަނެ ގެއިން ބޭރުނުކޮށް އެގޭގައި ދިރިއުޅެން ހެޔޮވެދާނެ ހެއްޔެވެ؟ ހަރުފައިން ސަލާމަތްވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ނުއަޅައި ސަލާމަތްކަމެއް ލިބިދާނެ ހެއްޔެވެ؟ ޝައިޠާނާއަކީ އެންމެ ވިހަ ގަދަ ހަރުފައެވެ. އެ ވިހަގަދަ ހަރުފަ މިއަދު މިވަނީ އަހަރެމެންގެ ގެތަކަށް ވަނުމުގެ އިތުރުން އަހަރެމެންގެ ޖީބުތަކަށްވެސް ވަދެފައެވެ. އަދި މީސްތަކުން އެކަމަށް ޣާފިލުކުރުވިވަރުން އެއީ ރަނގަޅު ބައިވެރިއެއް ކަމަށްވެސް މިވަނީ ބަލައިގެންފައެވެ.

މިދައްކަނީ މުނިފޫހިފިލުވުމުގެ ވާހަކައެވެ. ޓީވީތަކާއި މޯބައިލްފޯންތަކުގެ ވާހަކައެވެ. އެތަކެތީގެ ބޭނުން ރަނގަޅު ގޮތުގައި ނުހިފުމުން މަގުން ކައްސާލައި ޢާޚިރަތް ދުވަހު ސަލާމަތް ނުވެވިދާނެ ކަމުގެ ވާހަކައެވެ.

މީސްތަކލުންނޭވެ! ޓީވީ ވެސް ބަލާށެވެ! ފޯނުވެސް އަތުގައި ގެންގުޅޭށެވެ! ނަމަވެސް އެއިގެ ނުރައކައުތެރިކަން ހިތަށް ގެނެސް ﷲ ތަޢާލާއަށް ބިރުވެތިވާށެވެ! ނަރަކައަށް ބިރުވެތިވެވޭނީ މިކަންކަމަށް ބިރުވެތިވެގެންނެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

(މިއީ ކުރިން މިއަދުނޫހުގައި ޝާއިޢުކޮށްފައިވާ ލިޔުމެކެވެ!)

މިއަދު އޮންލައިން