ފާފަތައް ފަތުރަން ހިތްވަރުލިބޭ ގޮތަށް ކަންކަން ކުރާ މީހުން ދެ ދުނިޔޭގައިވެސް ޢަޛާބަށް ބިރުވެތިވުމުގެ އިންޒާރު ޤުރްއާނުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ފާފަތައް ފަތުރަން ހިތްވަރުލިބޭ ގޮތަށް ކަންކަން ކުރާ މީހުން ދެ ދުނިޔޭގައިވެސް ޢަޛާބަށް ބިރުވެތިވުމުގެ އިންޒާރު ޤުރްއާނުން-

ތަފާތު ފާފަތައް އެކި ގޮތް ގޮތަށް އިޝްތިހާރުކޮށް ފާފަތައް ފަތުރަން މަސައްކަތްކުރާ މީހުން އުޅެއެވެ. އީމާންވި މީހުންގެ ތެރޭގައިވެސް އެފަދަ މީހުން އުޅެއެވެ. އެމީހުންނަކީ ދެ ދުނިޔޭގައި ވެސް ގެއްލެނިވެގެންދާނެ ބައެއް ކަމުގެ ގަދަފަދަ އިންޒާރު ﷲ ތަޢާލާ ވަނީ ދެއްވަވައިފައެވެ.

އެމީހަކަށް ބާރުތައް ލިބުމުން މިފަދަ ނުބައި އަމަލުތައް ކުރާ މީހުން އެކަމުގެ ހިތިކަން މިދުނިޔޭގައިވެސް ދަނީ ދެކެމުންނެވެ. އެމީހުންގެ ނިމުން ފެނިގެންދަނީ ނުހަނު ހިތާމަވެރިގޮތުގައެވެ. އެހެން އެކަން މެދުވެރިވާ ސަބަބު މިއޮތީ ކީރިތި ޤުރްއާނުން ހާމައަށް ފެންނާށެވެ!

"ހަމަކަށަވަރުން، އީމާންވި މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި، ޢަމަލު، ފެތުރިގެންދިއުމަށް ލޯބިކުރާމީހުން (ދަންނާށެވެ!) ދުނިޔެއާއި އާޚީރަތްގައި ވޭންދެނިވި ޢަޛާބް އެމީހުންނަށް ހުށްޓެވެ. اﷲ ދެނެވޮޑިގެންވެތެވެ. އަދި ތިއަބައިމީހުންނަކަށް ނޭނގެތެވެ." (އައްނޫރު: 19)

ﷲ ތަޢާލާގެ ވަހީ ބަސްފުޅު ދޮގެއް ނުވާނެއެވެ! ބާރު ލިބުމުން ފާފަތައް ފަތުރަން ބޭނުންވެ އެކަމަށް މަގުފަހިކުރާ މީހުން ﷲ ތަޢާލާގެ ޤާނޫނުތައް ބަދަލުކުރަނީ ފާފަތައް ކުރާ މީހުންނަށް ދޭ އަދަބުތައް ޒަމާނަށް ފެއްތުމުގެ ނަމުގައެވެ. ﷲ ތަޢާލާ އިސްލާމް ދީނުގައި އަދަބުތައް ބާވައިލައްވަވާފައިވަނީ ހުރިހާ ޒަމާނަކަށެވެ. ހުރިހާ ޒަމާންތަކެއްގައި ދުނިޔެއަށް އަންނާނެ މީހުން ޢަމަލުކުރުމަށެވެ. އެޙުކުމްފުޅުތައް ހަމަ ބާވައިލެއްވެވި ގޮތަށް ހުރިހާ ޒަމާންތަކެއްގައިވެސް ތަންފީޒުކުރުމަށެވެ. ބާވައިލެއްވެވި ގޮތަށް ހުރިހާ ޒަމާންތަކެއްގައިވެސް ތަންފީޒުކުރުމަށެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

ﷲ ތައާލާގެ ޙުކުމްފުޅުތައް ބަދަލުކޮށް ފާފަކުރަން ހިތްވަރުލިބޭ ގޮތަށް ޤާނޫނުތައް ބަދަލުކުރަމުން ގެންދާ ރާއްޖޭގެ ރައްޔިތުންގެ މަޖިލީސް ވެސް މި އާޔަތުން އިސްތިސްނާއެއް ނުވާނެއެވެ! އަރައި ހަަމކުރާނެއެވެ! އިން ޝާ ﷲ

މިއަދު އޮންލައިން