ދެން އެހެން ގޮތެއް ނެތުމުން ތައުބާވާން ހުރުމަކީ މުސްލިމުންގެ ސިފައެއް ނޫނެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ދެން އެހެން ގޮތެއް ނެތުމުން ތައުބާވާން ހުރުމަކީ މުސްލިމުންގެ ސިފައެއް ނޫނެވެ!

ބައެއް މީހުން ތައުބާވެ ހެޔޮ ޢަމަލުތައް ކުރަން ފަށަން ބޭނުންވަނީ ދެން އެހެން ގޮތެއް ނެތުމުންނެވެ. މުޞީބާތްތައް ކުރިމަތިވެ 4 ފަރާތުން މީހާ ބައްދައިލުމުންނެވެ. ސަލާމަތްވެވޭނެ އެއްވެސް މަގެއް ނުފެނުމުންނެވެ. 

ނަމަވެސް މިއީ މުސްލިމުންގެ ސިފައަކަށްވެގެން ނުވާނެއެވެ! އަދި އެއީ މުސްލިމުންގެ ސިފައެއް ނުމެނޫންމެއެވެ. އެކަމުން އަންގައިދެނީ އެމީހެއްގެ ހިތުގައި ﷲ ތަޢާލާއަށް ބިރުވެތިކަން ނެތްކަމެވެ. އަދި އެމީހެއްގެ ހިތުގައި ﷲ ތައާލާއަށް އެއްވެސް ލޯތްބެއްވެސް ނެތްކަމެވެ. 

މީސްތަކުން ﷲ ތައާލާ ދެކެ ލޯބިވާވަރަށްވުރެ މާބޮޑަށް ﷲ ތަޢާލާ މީސްތަކުން ދެކެ ލޯބިވެވޮޑިގަންނަވައެވެ. އެހެންކަމުން ކޮންމެ ވަގުތަކު ތައުބާވި ނަމަވެސް ﷲ ތަޢާލާ، އެކަލާނގެ ރުހިވޮޑިގަންނަވާ އަޅުންގެ ތައުބާ ޤަބޫލުކުރައްވަވަތެވެ. 

އެހެންކަމުން ފުރަތަމަ ކަމަކަށް އޮތީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން އަބަދުވެސް ގަދައަޅައި މަސައްކަތްކުރުމެވެ. އެކަމަށް އޮތް މަގަކީ ތައުބާވެ ހެޔޮ ޢަމަލުތައް ކުރުން ގިނަކުރުމެވެ. ފާތަކާއި ދުރުހެލިވުމެވެ. ﷲ ތަޢާލާ މަތިވެރިކުރަން ގަދައަޅައި މަސައްކަތް ކުރުމެވެ.

މިއަދު އޮންލައިން