ޙަޔާތް ކާމިޔާބުކުރަން އެންމެ ބޮޑަށް އެދެންޖެހޭ 2 ކަމަށް އެދި މިފަދައިން ދުޢާކުރުން ގިނަކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ޙަޔާތް ކާމިޔާބުކުރަން އެންމެ ބޮޑަށް އެދެންޖެހޭ 2 ކަމަށް އެދި މިފަދައިން ދުޢާކުރުން ގިނަކުރާށެވެ!

އިންސާނާގެ ޙަޔާތް ކާމިޔާބުކުރުމަށްޓަކައި ﷲ ތައާލާގެ ޙަޟްރަތުން އެދެން ޖެހޭ 2 ކަމެއް ވެއެވެ.  

ފުރަތަމަ ކަމަކީ ދުނިޔޭގައި ކުރިމަތިކުރައްވަވާ ދަތިޙާލަށް ކެތްތެރިވެ އަދި ޝުކުރުވެރިވާ އަޅަކު ކަމުގައި ލައްވަވައިދެއްވެވުމެވެ. ދެވަނަ ކަމަކީ ސުވަރުގެ ލިބުމަށް ދަހިވެތިވާ، އެކަމަށް ކެތްމަދުވެފައިވާ މީހަކު ކަމުގައި ލައްވަވައި ދެއްވެވުމެވެ.  

މި 2 ކަންތައް ކާމިޔާބުކުރެވިއްޖެ ކޮންމެ މީހަކީ ދުނިޔޭގެ ޙަޔާތް ކާމިޔާބު ކުރެވިފައިވާ މީހެކެވެ!  

ދުނިޔޭގައި އެދެންވީ އުފާފާގަތިކަމަށާއި ތަނަވަސްކަމަކަށް ނޫނެވެ. އެކަންކަމުގެ ސަބަބުން މީހާއަށް މަގުއޮޅި ﷲ ތަޢާލާ އާއި ދުރުވެވިދާނެ ކަމަށްޓަކައި ބިރުވެތިވާށެވެ! އެދެންވީ ކުރިމަތިކުރައްވަވާ ދަތިޙާލަށް ކެތްތެރިވެ އަދި ޝުކުރުވެރިވުމުގެ ކުޅަދާނަކަން ދެއްވެވުމަށެވެ. އެކަމުގެ ސަބަބުން މީހާ ދާނީ ﷲ ތަޢާލާ އާއި އިތުރަށް ކުއްތަންވެވެމުންނެވެ.  

ﷲ ތަޢާލާ އެންގެވި މަގުގައި ސާބިތުވެވޭނީ ސުވަރުގެ ލިބުމަށް ދަހިވެތިކަން ބޮޑުވީ ވަރަކަށެވެ. އެކަމަށްޓަކައި ކެތްތެރިކަން ކުޑަވީ ވަރަކަށެވެ. އަހުރެންގެ ވިސްނުމުގައި މި ނޫން ކަމަކަށް ކެތްތެރިކަން ކުޑަކުރުމެއް ނެތެވެ. އެހެން ހުރިހާ ކަންކަމުގައިވެސް އޮތީ ކެތްތެރިކަން އިތުރުކުރުމެވެ!

މި 2 ކަންތައް އެދޭ މީހާ މިފަދަ ދުޢާތައް ކުރުން ގިންކުރާށެވެ!

މިއަދު އޮންލައިން