މިއީ މިމަހުގެ 1 ވަނަ ދުވަހު އިސްލާމް ވި މަރްޔަމްއެވެ. 7 ވަނަ ދުވަހުގެ ހުކުރު ނަމާދަކީ އޭނާ ބައިވެރިވި ފުރަތަމަ ހުކުރު ނަމާދެވެ.
މަރްޔަމްތޯއެވެ! 9 ވަނަ ދުވަހު ފުރުނީ އުމުރުން 85 އަހަރެވެ. ދިރިއުޅެމުންދަނީ އެކަނިވެރި ޙާލުގައެވެ.
މަރްޔަމަށް ދުވަހަކު ވެސް "އަޒާން" (ބަންގި) އާ ބައްދަލެއް ނުވެއެވެ. ނަމަވެސް އަބަދުވެސް އަޑުއަހައެވެ. މަރްޔަމް ބުނަނީ ވަރަށް ތަފާތު އަޑުގެންގުޅޭ "އަޒާނުން"ގެ އަޑުއިވިފައިވާ ކަމަށާއި އެ އެންމެންގެ އަޑު ވެސް ވަރަށް ރީތި ކަމަށެވެ. އެހެންވެ އިސްލާމްވުމަށްފަހު ފުރަތަމަވެސް ބޭނުންވީ "އަޒާން" އާ ބަދައްލުކުރާށެވެ!

މަރްޔަމް ބުނަނީ އޭނާ އިސްލާމް ވުމުގެ މާކުރިންސުރެ "އަޒާން" ދެކެ ވަރަށް ލޯބިވާ ކަމަށެވެ. އަދި އިސްލާމްވެ އަޒާންއަކީ ކޮބައިކަން އެނގުމުން މާ ބޮޑަށް ލޯބި އިތުރުވެއްޖެ ކަމަށެވެ. އެހެންވެ ފަތިހު ވެސް "އަޒާން"ގެ އަޑާއިއެކު މިހާރު މަރްޔަމް އިންނަނީ މިސްކިތުގައެވެ!
ﷲ މަޔަމް އަށް ސާބިތުކަމާއި ކާމިޔާބީ މިންވަރު ކުރައްވަވާށި! އާމީން!