ކޮންސްޓްރަކްޝަން މަސައްކަތް ކުރާތީ މިސްކިތެއްގަ ޖަމާއަތުގަ ނަމާދު ނުކުރެވިގެން އެދުމުން ވެސް ހުއްޓައެއް ނުލި! ހިތާމަހުރި ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ކޮންސްޓްރަކްޝަން މަސައްކަތް ކުރާތީ މިސްކިތެއްގަ ޖަމާއަތުގަ ނަމާދު ނުކުރެވިގެން އެދުމުން ވެސް ހުއްޓައެއް ނުލި! ހިތާމަހުރި ކަމެއް!

ބުލްޑޯޒަރުފަދަ ތަކެތި ބޭނުންކޮށްގެން ކޮންސްޓްރަކްޝަން މަސައްކަތް ކުރާތީ އަޑުގަދަކަމުން މާލޭގެ މިސްކިތެއްގައި ޖަމާއަތުގައި ނަމާދު ނުކުރެވިގެން ޖަމާއަތުގަ ނަމާދުކޮށް ނިމެންދެން މަޑުކޮށްލައި ދޭން އެދުމުން ވެސް ހުއްޓާނުލައި ކުރިއަށް ގެންގޮސްފިކަމަށް މައުލޫމާތު ލިބިއްޖެއެވެ. 

"ޤަމަތް ނުދެވިގެން އިމާމް ތަކުރާރުކޮށް އެދިލެއްވި އިހަށް މަޑުކޮށްލައިދޭން. ނަމަވެސް އަޅައިވެސް ނުލި. ސައިޓުގައި ތިބި ބައެއް މީހުންވެސް އެކަމަށް އެދުނު. ނަމަވެސް މަސައްކަތް ކުރުވަން ހުރި މީހާ އެންގީ މަސައްކަތް ކުރިއަށް ގެންދަން." 

މިއަދުނޫހަށް މައުލޫމާތުލިބިފައިވާ ގޮތުގައި އެގޮތަށް އެކަންތައް ކުރީ މިސްކިތުގެ ބިމުން ކުރިން ދިފައި އޮތް ގޯއްޗެއްގައެވެ. އެހެންކަމުން މިސްކިތުގައި ނަމާދުކުރަން އެހައި އުނދަގޫވީއެވެ. މައްސަލަ ޙައްލުކުރަން ފުލުހުންގެ ބައަކު ދިއަ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ. 

ނަމާދު ވަގުތުތަކުގައާއި ރޭގަނޑު ދަންވަރުގެ ވަގުތުތަކުގައި އަޑުގަދަވާގޮތަށް ޢިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާތީ ގިނަ ބައަކު ދަނީ ޝަކުވާ ކުރަމުންނެވެ. ނަމަވެސް މިކަންކަން ޙައްލުވަމުން އަންނަތަނެއް ނުފެނެއެވެ.

 

މިއަދު އޮންލައިން