ކަންކަން ކުރުމުން ފަހުން ވާނެ ގޮތް ދެނެވޮޑިގެންވާ ﷲ އެންގެވި ގޮތް ބަދަލު ނުކުރާށެވެ! ލިބޭނީ ނިކަމެތިކަމާ ހިތާމައެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ކަންކަން ކުރުމުން ފަހުން ވާނެ ގޮތް ދެނެވޮޑިގެންވާ ﷲ އެންގެވި ގޮތް ބަދަލު ނުކުރާށެވެ! ލިބޭނީ ނިކަމެތިކަމާ ހިތާމައެވެ!

"ބައެއް ފަހަރު ކަމެއް ކުރުމަށްފަހު އެކަމެއް އެކުރެވުނީ އެންމެ ރަނގަޅަށް ކަމަށް ހީވާ ކިތަންމެ ކަމެއް، އެއީ ރަނގަޅަށް ކުރެވުނު ކަމެއް ނޫން ކަމަށް ފަހުން ވިސްނޭ ކިތަންމެ ފަހަރެއް އާދެއެވެ. އެއިން އެނގެނީ އަޅުގަނޑުމެން އިންސާނުންގެ ނިކަމެތި ކަމެވެ."

--ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް

އަޅުގަނޑުމެން ވަރަށް ގިނަ ފަހަރު ގަދަ ބަސް ބުނަމުއެވެ. ހިތަށް އެރިގޮތަކަށް ކަންކަންވެސް ކުރަމުއެވެ. ނަމަވެސް ވަރަށް ގިނައިން ދިމާވާ ކަމަކީ ބުނެވުނު ބަހާއި ކުރެވުނު ޢަމަލަކީ ރަނގަޅު ނޫން ކަންކަން ކަމުގައި ފަހުން ޤަބޫލުކުރަން ޖެހުމެވެ. އެކަންކަން ކުރެވުނީތީ ދެރަވެ ހިތާމަވެސް ކުރަން ޖެހުމެވެ. އެއީ އަހަރެމެންނަކީ އިންސާނުން ކަމުގައިވީތީއެވެ.

ވީމާ ﷲ ތަޢާލާ އަހަރެމެންނަށް ކަމެއް ކުރަންވީ ގޮތް އަންގަވާފައި ވަނިކޮށް އެގޮތް ބަދަލުކޮށް އަމިއްލަ ގޮތްތައް ކުރިއަށް ނުނެރޭށެވެ! ﷲ ތައާލާއީ ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ އެންމެ މަތިވެރި އިލާހްއެވެ. ކަމެއް ކުރުމުން ފަހުން ވާނެ ގޮތް އިންށާނުންނަށް ނުވެސް އެނގެއެވެ. ނަމަވެސް ﷲ ތަޢާލާ ފަހުން ވާނެ ގޮތް ވެސް މޮޅަށް ދެނެވޮޑިގެންވެއެވެ.

ވީމާ ﷲ ތަޢާލާގެ އެންގެވުންތަކަށް ގޮންޖަހައި އަމިއްލައަށް މޮޅު ގޮތް ހޯދަން ނުއުޅޭށެވެ! އެއީ ދުވަހަކުވެސް ކުރެވޭނެ ކަމެއް ނޫނެވެ.

މިއަދު އޮންލައިން