މާޒީ ކޮނެގެން ޝަކުވާ ކުރަން ބޭނުންވާ މީހަކަށް އުފާވެރި ޒަވާޖީ ޙަޔާތެއް ދުވަހަކުވެސް ނުލިބޭނެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
މާޒީ ކޮނެގެން ޝަކުވާ ކުރަން ބޭނުންވާ މީހަކަށް އުފާވެރި ޒަވާޖީ ޙަޔާތެއް ދުވަހަކުވެސް ނުލިބޭނެއެވެ!

ކޮންމެ ދެމަފިރިއެއްގެ ވެސް މާޒީއެއް އޮންނާނެއެވެ. މާޒީގައި ތިމާ އެންމެ ހިތް ނުއެދޭ ގޮތަށް ވަރަށް ގިނަ ކަންތައްތަކެއް ހިނގާފައި ހުންނާނެއެވެ. އެކަންކަން ހަނދާނަށް ގެނެސް ޝަކުވާ ކުރަން ބޭނުންވާނަމަ އެމީހަކަށް އުފާވެރި ޒަވާޖީ ޙަޔާތެއް ދުވަހަކުވެސް ނުލިބޭނެއެވެ. 

ދެމަފިރިން ނިދުމުގެ ކުރިން އެދުވަހަކު ހިނގާފައިވާ އެމީހަކު ހިތްހަމަ ނުޖެހޭ ކަންކަމުގެ ވާހަކަ ދައްކާށެވެ! މަޝްވަރާކުރާށެވެ! ކުށް ކުރެވުނު މީހާ މާށފަށް ވެސް އެދޭށެވެ! މާފުކުރަން ޖެހޭ މީހާ މާފަށްވެސް އެދޭށެވެ! މާފުކުރަން ޖެހޭ މީހާ މާފުވެސް ކުރާށެވެ! އެކަންކަން ތަކުރާރުވިއަ ނުދޭށެވެ! 

ގިނަ ކަންކަން މެދުވެރިވެފައި ހުންނާނީ އިހްމާލުންނެވެ. ޤަޞްދުގައި ނުބައިކޮށް ކަމެއް ކުރުމުގެ ނިޔަތަކު ނޫނެވެ. ވީމާ ހިތްހަމަނުޖެހޭ ގޮތަށް އެކަކަށް ކަމެއް ކުރެވުނު ނަމަވެސް އެއީ ޤަޞްދުގައި ކުރި ކަމެއް ކަމަށް އެހައި ފަސޭހައިން ނުނިންމާށެވެ! އަދި ތިމާގެ ފުށުންވެސް އެފަދަ ކަންކަން ކުރެވިފައި ހުންނާނެކަން ޤަބޫލުކުރާށެވެ! އެއިރުން މާފުކުރުމަކީ އެއްވެސް އުނދަގޫ ކަމަކަށް ނުވާނެއެވެ. 

މިމޭރުމުން ވަރަށް ގިނަ ފަހަރު ނަޞޭޙަތް ދެވިފައިވާނެއެވެ. ނަޞޭޙަތުގައި ހިފި މީހުން ބުނަނީ އެމީހުންގެ ޙަޔާތަށް ރަނގަޅު ބަދަލުތަކެއް އައިސް އުފާވެރިކަން ލިބުނު ކަމަށެވެ. ޔަޤީން ކުރާށެވެ! އެއްވެސް ދެމަފިރިއަކު ލޯބިން އެކުގައި ދިރިއުޅެން މަސައްކަތް ކުރާނަމަ އެ ދެމަފރިއަކަށް ﷲ ތަޢާލާ ހަމަ ހުރިހާ ކަމެއްވެސް ފަހިކޮށް ދެއްވަވާނެތެވެ! ﷲ ތަޢަލާގެ ރަޙްމަތާއި ބަރަކާތް އޮހެމުންދާނެތެވެ. އިން ޝާ ﷲ 

ހަމައެފަދައިން ދެމަފިރިންގެ މެދުގައި ޙަސަދަވެރިކަމާއި ރުޅިވެރިކަން އޮންނަނަމަ އެ ދެމެދަށް ޝައިޠޯނާ ވަދެގަނެ ކަންކަން ދާނީ ނުބައިން ނުބައަށް ބަދަލުކުރުވަމުންނެވެ! ޝައިޠޯނާ އެންމެ އުފާވާ އެއް ކަމަކީ ދެމަފިރިންގެ މެދުގައި މައްސަލަ ޖެހި ވަރިވުމެވެ. އެ އުފާވެރިކަން ޝައިޠޯނާއަށް ނުދިނުމަށް ކޮންމެ ދެމަފިރިއަކު ވެސް ގަދައަޅައި މަސައްކަތްކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން