ނިޢްމަތްތައް އިތުރުވުމަށް އެދޭމީހާ "ޝުކުރިއްޔާ ﷲ!" ބުނެ ނިންމައިނުލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ނިޢްމަތްތައް އިތުރުވުމަށް އެދޭމީހާ "ޝުކުރިއްޔާ ﷲ!" ބުނެ ނިންމައިނުލާށެވެ!

ބައެއް މީހުންނަށް ހެޔޮ ގޮތްތައް މިންވަރު ކުރެވެވުމުން ނިކަން ފަސޭހައި ﷲ ތަޢާލާއަށް ދުލުން ޝުކުރު އަދާކުރެއެވެ. ޝުކުރު الحمد لله ފަދަ ބަސްތައް ދުލުން ބުނެލައެވެ! 

މީސްތަކުންނޭވެ! "ޝުކުރިއްޔާ ﷲ!" ބުނެލުމަކުން ނުފުދޭނެއެވެ! ﷲ ތަޢާލާއަށް ޝުކުރުވެރިވީނަމަވެސް އަދި މީހަކަށް ޝުކުރުވެރިވީ ނަމަވެސް އެއީ ޢަމަލުން ޝުކުރުކުރަން ޖެހޭ ކަމެކެވެ. 

ﷲ ތަޢާލާއަށް ޝުކުރުވެރިވުމަކީ ﷲ ތަޢާލާގެ މަގުގައި ސާބިތުވުމެވެ. ފާފަތަކުން ދުރުހެލިވުމާއި ވީހައި ގިނައިން އަޅުކަން ކުރުމެވެ. މީސްތަކުންނަށް ޝުކުރުވެރިވުމަކީ ތިމާއަށް އެހީތެރިވެދިން މީހާއަށް އިޙްޞާންތެރިކަން އަދާކުރުމެވެ. އެކަމުގެ އަގުވަޒަންކޮށް އެމީހާއަށް ހެޔޮ ދުޢާކުރުމާއިއެކު އެމީހަކަށް ވަފާތެރިވެ އިޚްލާޞްތެރިވުމެވެ. 

މި ބުނަނީ އެއްވެސް ޙާލެއްގައި ދުލުން ޝުކުރުގެ ބަސްތައް ނުބުނާކަށް ނޫނެވެ. ދުލުން ޝުކުރުގެ ބަސްތައް ބުނެ ހާމަކުރާށެވެ! ނަމަވެސް އެވަރަކުން ނުފުދެއެވެ! ޝުކުރުވެރިވާކަން ޢަމަލުން ދައްކަން ޖެހޭނެއެވެ! ނޫނީ ދުލުން އަދާކުރި ޝުކުރުގެ އެއްވެސް ބޭނުމެއް ނެތެވެ! 

ވީމާ ނިޢްމަތްތައް އިތުރުވުމަށް އެދޭމީހާ "ޝުކުރިއްޔާ ﷲ!" ބުނެ ނިންމައިނުލާށެވެ! ޢަމަލުން އެކަން ދައްކައި ޝުކުރުވެރިވާކަން ޢަމަލުން ސާބިތުކޮށްދޭށެވެ! ނިޢްމަތްތައް ދާނީ އިތުރުވަމުންނެވެ! އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން