ނަމާދު އެޅުމަކީ އާޚިރަތަށް ބިރެއް ނެތް، ދުނިޔޭގެ ޙަޔާތަށް އިސްކަން ދޭ ކަމުގެ ހެއްކެކެވެ! ބިރުވެތިވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ނަމާދު އެޅުމަކީ އާޚިރަތަށް ބިރެއް ނެތް، ދުނިޔޭގެ ޙަޔާތަށް އިސްކަން ދޭ ކަމުގެ ހެއްކެކެވެ! ބިރުވެތިވާށެވެ!

ތިމާ ގަޑިއަށް ކުރަން ޖެހޭ ހުރިހާ ކަމަކަށް ފަރުވާތެރިވެއެވެ! ނަމާދުކުރުން ފިޔަވައެވެ! އެފަދަ މީހުންނަކީ އާޚިރަތަށް ބިރެއް ނެތް އަދި ދުނިޔަވީ ޙަޔާތަށް އިސްކަންދޭ މީހުންނެވެ! ބިރުވެތިވާށެވެ! އެފަދަ މީހުންތެރޭގައި ނުވާށެވެ!

މިފަދަ މީހުންގެ މިސާލު ދައްކަވައި ޝައިޚް މުޙައްމަދު ޝަފީޢު ވިދާޅުވެފައިވެއެވެ.:

ގަޑިއަށް ވަޒީފާއަށް ދެވެއެވެ! ގަޑިއަށް ފުރަން ދެވެއެވެ. ގަޑިއަށް ހޮސްޕިޓަލަށް އެޕޮއިންޓްމެންޓަށް ދެވެއެވެ.

ނަމާދު ވަޤުތުގައި ނިދައެވެ. އަދި ބުނެއެވެ. އަހަރެންނަކީ ނިދި ގަދަ މީހަކީމެވެ!

بَلْ تُؤْثِرُونَ الْحَيَاةَ الدُّنْيَا - الأعلى 16

"އަދި ކިޔެއްހެއްޔެވެ. ތިޔަބައިމީހުން ދުނިޔޭގެ ޙަޔާތަށް އިސްކަންދެނީއެވެ." (އަލްއަޢްލާ: 16)

--الشيخ محمد شافع

މިއަދު އޮންލައިން