މިއަދު ޚުޠުބާ އާއި ދަރުސްގެ އަޑު އިވުނަ ނުދީ ހުރަސް އެޅިދާނެ! މާދަމާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
މިއަދު ޚުޠުބާ އާއި ދަރުސްގެ އަޑު އިވުނަ ނުދީ ހުރަސް އެޅިދާނެ! މާދަމާ؟

ވިޔަފާރިވެރިންގެ މިސްކިތުގެ ސައުންޑް މިއަދުވެސް ހުރީ ހަމަ ކުރީ ހަފްތާ އާއި ދާދި އެއް ޙާލެއްގައެވެ. އެކޯވުމާއި އަޑުމަޑުވުމާއި އަޑު އެއް ސްޕީކަރުން އަނެއް ސްޕީކަރަށް އޮޓޮމެޓިކުން ބަދަލުވުން ފަދަ ކަންކަން މިއަދުވެސް މެދުވެރިވިއެވެ. 

މިސްކިތުގެ ބައެއް އަހުލުވެރިން މިއަދު ބުނީ ހުކުރު ޚުޠުބާ ކިޔަމުން ގެންދިއައިރުވެސް އަޑުތައް އެރި ކަމަށާއި ޚުޠުބާގެ އަޑު ރަނގަޅަށް ސާފުނުވާ ކަމަށެވެ! 

ރާއްޖޭގައި ސައުންޑުގެ ޚިދުމަތްދޭ ގިނަފަރާތްކެއް ތިބެފައި ކަމުގެ ތަޖުރިބާކާމިސްކިތެއްގެ ސައުންޑުގެ މައްސަލަ ޙައްލުނުކުރެވި 5 މަސް 6 މަސްވެގެން ދިއުމުން އެއީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއްގެ ގޮތުގައި ގިނަ ބައަކު ފާހަގަކުރެއެވެ. 

މިސްކިތްތަކުގެ ސައުންޑުގެ ކަންކަން ބެލެހެއްޓުން ވަނީ ކުންފުންޏަކާއި ޙަވާލުކޮށްފައި ކަމަށް ބުނެ މިއަދު ފަރުޖައްސާލައިގެން ތިބެވިދާނެއެވެ! ނަމަވެސް އެ ޖަވާބުން ނުފުދޭނެ ދުވަސް އޮތީ ކުރިއަށެވެ. 

ލާދީނީ ކިޔުމުން ބައަކު ރުޅިއާދެއެވެ! ވީމާ އަކުރުތަކުން ލ ނަގާފައި ކީނަމަވެސް މިފެންނަނީ އިސްލާމް ދީނަށް ލޯބިކޮށް އިސްލާމް ދީން މަތިވެރިކުރަން ބޭނުންވާ ބައެއްގެ ކިބައިން ފެންނާނެ ކަންކަން ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ!  

މިއަދުނޫހުން ވާނީ މިދިއަ ހަފްތާގައިވެސް މި މައްސަލަތައް ކަމާއިބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައެވެ. ހިތާމައަކީ ކަންކަން ހައްލުނުކުރެވި މިފަދަ ދީނީ ކަންކަން ދިގުލަމުންދާ ކަމެވެ.

މިއަދު އޮންލައިން