ޤިޔާމަތް ދުވަސް އެދޭނަމަ އޮތީ ޤުރްއާނާ ސުންނަތަކީ ހަމަ ތިމާގެ މައްޗަށް ހުރި އަމުރުފުޅުތައް ކަމަށް ބަލައިގަނެ ޢަމަލުކުރުމެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ޤިޔާމަތް ދުވަސް އެދޭނަމަ އޮތީ ޤުރްއާނާ ސުންނަތަކީ ހަމަ ތިމާގެ މައްޗަށް ހުރި އަމުރުފުޅުތައް ކަމަށް ބަލައިގަނެ ޢަމަލުކުރުމެވެ!

މިއަދު މީސްތަކުންނަށް ކުރިމަތިވެގެން މިއުޅޭ އެންމެ ބޮޑު މައްސަލައަކީ ކީރިތި ޤުރްއާނާއި ރަސޫލް (ޞޢވ)ގެ ޙަދީޘްފުޅުތަކާއި ސުންނަތް އެއީ މީގެ 1400 އަހަރަށްވުރެ ކުރީގެ ކަންކަން ކަމުގައި ބަލައިގަނެވުމެވެ. މިއީ ވަރަށް ނުބައި ވިސްނުމެވެ. 

ކީރިތި ޤުރްއާން ބާވައިލެއްވެވުނީ އެންމެހައި ޒަމާންތަކަށެވެ. ދުނިޔެ އޮތްހައި ދުވަހަކު ބަދަލެއް ނުވެ ދެމިއޮންނާނެ މުޢްޖިޒާތެއްގެ ގޮތުގައެވެ. އަދި ރަސޫލް (ޞޢވ)ގެ ސުންނަތާއި ޙަދީޘްފުޅުތަކަށްވެސް އޮތީ ހަމަ މިޙުކުމެވެ. ދުނިޔެ ދެމިއޮތްހައި ދުވަހަކު އެއްވެސް ބަދަލެއް ނައިސް ދެމިއޮންނާނެއެވެ! 

މީސްތަކުންނޭވެ! ކީރިތި ޤުރްއާނާއި ރަސޫލް (ޞޢވ)ގެ ސުންނަތާއި ހަދީޘްފުޅުތަކާއިމެދު އެގޮތަށް ނުދެކޭށެވެ! އެއީ ހަމަ މިއަދުވެސް ތިބާގެ މައްޗަށް އަދާކުރަން އަނގްވާފައިވާ އެނގެވުންތައް ކަމުގައި ދެކޭށެވެ! ކޮންމެ އަމުރުފުޅަކީވެސް އިރުޝާދަކީވެސް ހަަމ ތިބާގެ މައްޗަށް އޮތް ފަރުދީ އެންގެވުމެއް ކަމުގައި ދެކޭށެވެ! 

މީސްތަކުންނަށް އިސްލާމް ދީނާއި ދުރުހެލިވެވެމުން މިދަނީ ވިސްނުން ގެންގުޅެވޭ ގޮތުންނެވެ! ކީރިތި ޤުރްއާނާއި ރަސޫލް (ޞޢވ)ގެ ސުންނަތާއި ހަދީޘްފުޅުތަކާއިމެދު ދެކެވޭ ގޮތުންނެވެ. އެއީ މާކުރި ކަމަށާއި މިއީ މާ ފަސް ކަމަށް ވިސްނޭތީއެވެ! އެ ވިސްނުން މުޅިން ދޫކޮށްލާށެވެ! ދައުލަތްތަކުން ރައްޔިތުން އަމަލުކުރަން ޖެހޭ ގޮތް އެންގުމުން ޢަމަލުކުރުމަށްވުރެ ހުރިހާ ގޮތަކުން ބެލިނަމަވެސް މުހިންމުކަން ބޮޑީ ކީރިތި ޤުރްއާނާއި ރަސޫލް (ޞޢވ)ގެ ސުންނަތާއި ހަދީޘްފުޅުތަކަކީ ހަމަ ތިމާގެ މައްޗަށް ﷲ ތަޢާލާ ކުރައްވަވާފައިވާ އަމުރުފުޅުތައް ކަމަށް ބަލައިގަނެ ޢަމަލުކުރުމެވެ!  

- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން

މިއަދު އޮންލައިން