ބަންގަލަދޭޝްއިން ރާއްޖެ އައި މީހެއްގެ އަތުން 2 ލައްކައާ ކައިރިކުރާ އަދަދަކަށް އަގުހުރި މަސްތުވާތަކެތި އަތުލައިގެންފި.

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 46ސ
ބަންގަލަދޭޝްއިން ރާއްޖެ އައި މީހެއްގެ އަތުން 2 ލައްކައާ ކައިރިކުރާ އަދަދަކަށް އަގުހުރި މަސްތުވާތަކެތި އަތުލައިގެންފި.

ވައިގެ މަގުން ބަންގްލަދޭޝްއިން ރާއްޖެއައި އެ ޤައުމުގެ ރައްޔިތެއްގެ އަތުން މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. 

މީނާގެ ލަގެޖްގެ ތެރެއިން ޖުމްލަ 1932 އެމްފެޓަމިން ގުޅަ ފެނިފައިވާއިރު މިތަކެތީގެ މަގުމަތީ އަގު 193,200.00 (އެއް ލައްކަ ނުވަދިހަ ތިން ހާސް ދުއިސައްތަ) ރުފިޔާއަށް އަރާކަމަސް ކަސްޓަމްސް އިން ބުނެއެވެ.    

2020 ފެބްރުއަރީ 09 ވަނަ ދުވަހުގެ ރޭ ރާއްޖެ އައި އުމުރުން 26 އަހަރުގެ ފިރިހެނެއްގެ ލަގެޖް ކަސްޓަމްސް އިން ބަލައި ފާސްކުރިއިރު، މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ގުޅަތަކެއް ފެނިގެން އެތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްފެޓަމިން / ޔާބާ (Amphetamine/ Yaba) އަށް ވަނީ ޕޮޒިޓިވް ވެފައެވެ.

 މިމައްސަލައިގަައި ޝާމިލްވާ މީހާއާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައެވެ.

މިއަދު އޮންލައިން