"ތިބާއަށް މިއަދު ހުންނަން ޖެހިފައިވަނީ ތިބާ ހުންނަން ބޭނުންވާ މަޤާމެއްގައި ކަމަށް ނުވެދާނެއެވެ! އެކަމަށް ކަންބޮޑުނުވާށެވެ! އެއީ ތިބާގެ ޙަޔާތުގެ ދަތުރުގެ ބައެއް ކަމަށް ދެކޭށެވެ! ޙަޔާތުގެ މިބައިގައި ތިބާއަށް ކުރިމަތިވާ ހިތްހަމަނުޖެހުމާއި އުފުލަންޖެހޭ ތަކްލީފްތަކަކީ ތިބާ ދެން ދާން އޮތް ހަރުފަތަށް ދިއުމުގެ ކުރިން ތިބާއަށް ލިބިދޭ ފިލާވަޅުތަކެއް ކަމަށް ޤަބޫލުކުރާށެވެ!
ހަމަކަށަވަރުންވެސް އެއީ ތިބާއަށް ﷲ ތަޢާލާ ތަޤްދީރު ކުރެއްވެވި ގޮތެވެ. ވީމާ އެއްވެސް ހިތާމައެއް ނުވަތަ ކަންބޮޑުވުމެއް އަބަދަށް ތިމާ އާއިއެކުގައި ދެމިގެން ނުވާނެކަން ޔަޤީންކޮށްގެން ސާބިތުކަމާއިއެކު ކުރިއަށްދާށެވެ! ﷲ ތަޢާލާއަށް ފުރިހަމައަށް އިތުބާރުކޮށް އެކަލާނގެއަށް ހުރިހާ ކަމެއްވެސް ވަކީލުކުރާށެވެ!"
-މުފްތީ މެންކް
ބައެއް މީހުން އެމީހުން ބޭނުން ނުވާ މަސައްކަތެއް ކުރަން ޖެހުމުން ފޫހިވެ މަސައްކަތަށް ފަރުވާ ކުޑަކުރެއެވެ. އިހްމާލުވެއެވެ. މުފްތީ މެންކް ވިދާޅުވެފައިއެވަނީ އެގޮތަށް އެކަން ނުކުރުމަށެވެ. އެއީ ތިމާއަށް ތިމާ ބޭނުންވާ ފަދަ މަޤާމަކަށް ދިއުމުގެ ކުރިން ﷲ ތައާލާ ދެއްވަވާ ތަމްރީނު ތަކެއް ކަމަށް ބަލައިގަނެ ކުރާ މަސައްކަތުގައި ތެދުވެރިވެ އިޚްލާޞްތެރިވުމަށެވެ. ވަފާތެރިކަން އިސްކުރުމަށެވެ.
މިއީ މުޖުތަމައުގައި މިހާރުވެސް އޮތް ވަރަށް ބޮޑު މައްސަލައެކެވެ. މަޤާމުގައި ކުރިއެރުން އެދޭ ނަމަ އަދި ތިމާ ހިތްހަމަ ޖެހޭ ފަދަ މަޤާމެއް ހޯދަން މަސައްކަތްކުރާ ނަމަ ފުރަތަމަ ކަމަކަށް ތިމާ ހުރި މަޤާމުގައި އިޚްލާޞްތެރިވާށެވެ! އަދި އެމީހަކު ބޭނުންވާ މަޤާމު ދެއްވެވުން އެދި ﷲ ތަޢާލާގެ ޙަޟްރަތަށް ދުޢާކޮށް ދަންނަވަމުން ގެންދާށެވެ! ވަކީލުކުރާ އަޅުންނަށް ﷲ ތަޢާލާ މަގުދައްކަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ