ޢިޝާ ނަމާދަކީ ޖަމާޢަތް ފަސްކޮށްލުން ސުންނަތް ވެގެންވާ ނަމާދެކެވެ!: ޝައިޚް މުޙައްމަދު ޝަފީޢު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 29ސ
ޢިޝާ ނަމާދަކީ ޖަމާޢަތް ފަސްކޮށްލުން ސުންނަތް ވެގެންވާ ނަމާދެކެވެ!: ޝައިޚް މުޙައްމަދު ޝަފީޢު

ތިރީގައި އެވަނީ ޢިޝާ ނަމާދަކީ ޖަމާޢަތް ފަސްކޮށްލުން ސުންނަތް ވެގެންވާ ނަމާދެއްކަން ބަޔާން ކުރައްވައި ޝައިޚް މުޙައްމަދު ޝަފީޢު ލިޔުއްވާފައިވާ ލިޔުއްވުމެކެވެ. ތަފާތު ސަބަބުތައް މެދުވެރިވެ ބައެއް ފަހަރު މިސްކިތުގެ ޖަމާޢަތަށް ނުދެވޭ ބައަކު ރާއްޖޭގައި ވެސް އުޅެއެވެ. އެފަދަ މީހުންނަށް ޝައިކްގެ ލިޔުއްވުމުން ފައިދާކުރާނެއެވެ.

ޢިލްމު އުނގެނުމަށްޓަކައި ޢިޝާ ނަމާދުގެ ޖަމާޢަތް ފަސްކޮށްލުން!: ޝައިޚް މުޙައްމަދު ޝާފިޢް

އިސްލާމްދީނުގެ ތަޢުލީމު އުނގެނުމުގެ ގޮތުން ނުވަތަ އޭނުންވެސް ޙާޖަތެއް ޖެހިގެން އަދި ޙާޖަތެއް ނުޖެހުނު ނަމަވެސް، ޢިޝާ ނަމާދުގެ ޖަމާޢަތް ފަސްކޮށްލުމަކީ ހުއްދަކަމެކެވެ. އެއީ ޖަމާޢަތް ފަސްކޮށްލުން ސުންނަތް ވެގެންވާ ނަމާދެކެވެ.

ޤުރުއާން ކްލާސްފަދަ ކްލާސްތަކުގައި ބައެއް ކޮލެޖު، ޔުނިވަރސިޓީތަކުގައި ކިޔަވާ އެކި އެކި ކޯސްތަކުގައި ކިޔަވާ ދަރިވަރުންވެސް މިފަދައިން ޢަމަލު ކުރުން އެއީ މައްސަލައެއް ނޫނެވެ. އެހެނީ ޙާޖަތެއް ޖެހިއްޖެނަމަ ޢިޝާ ނަމާދު ލަސްކޮށްލުމަކީ، އަދި ޙާޖަތެއް ނުޖެހުނަސް ޢިޝާ ނަމާދުގެ ޖަމާޢަތް ލަސްކޮށްލުމަކީ އޭގެ މައްޗަށް ދަލީލު އޮތް ކަމެކެވެ. އަދި އެކި އެކި ޤުރުއާން ކްލާސްތަކުގައި އަދި ޔުނިވަރސިޓީތަކުގައި ތަން ފުރިފައި އޮތުމުގެ ސަބަބުން އެއްބަޔަކަށް ނަމާދު ވަޤުތުތައް ހިމެނޭގޮތުން މެނުވީ ތަނުން ޖާގަ ވެސް ނުލިބެއެވެ. އެފަދަ ޙާލަތުގައި ޢިލްމު އުނގެނުމުގެ ޙާޖަތަށް ޖެހިފައިވުމާއެކު، ޢިޝާ ނަމާދުގެ ޖަމާޢަތް އެކަމުގެ ސަބަބުން ފަސްކޮށްލުމަކީ ހުއްދަ ކަމެކެވެ. އެގޮތުން ކްލާސް ނިންމާފައި ޖަމާޢަތުގައި ނަމާދު ކުރާނީއެވެ.

ޢިޝާ ނަމާދުގެ ޖަމާޢަތް ފަސްކުރުމުގެ ދަލީލަކީ

( لَولَا أَنْ أَشُقَّ عَلَى أُمَّتِي لَأَمَرْتُهُمْ أَنْ يُؤَخِّرُوا الْعِشَاءَ إِلَى ثُلُثِ اللَّيْلِ ، أَوْ نِصْفِهِ ) رواه الترمذي (167) ، وَعَنْ عَائِشَةَ رَضِيَ الله عَنْهَا قَالَتْ : أَعْتَمَ النَّبِيُّ صَلَّى الله عَلَيْهِ وَسَلَّمَ ذَاتَ لَيْلَةٍ – أي : أَخَّرَ صَلَاةَ الْعِشَاءِ حَتَّى اشْتَدَّتْ ظُلْمَةُ اللَّيْلِ – حَتَّى ذَهَبَ عَامَّةُ اللَّيْلِ حَتَّى نَامَ أَهْلُ الْـمَسْجِدِ ، ثُمَّ خَرَجَ فَصَلَّى فَقَالَ : ( إِنَّهُ لَوَقْتُهَا لَوْلَا أَنْ أَشُقَّ عَلَى أُمَّتِي ) أخرجه مسلم (638) .

"ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުންނަށް ބުރަކަމަކަށް ނުވާނަމަ ޢިޝާ ނަމާދު ރޭގަނޑުގެ ތިންބައިކުޅަ އެއްބަޔަށް ނުވަތަ ދެބައިކުޅަ އެއްބަޔަށް ފަސްކުޅައުމަށް ތިމަންކަލޭގެފާނު އަމުރު ކުރެއްވީމުހެވެ. ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. އެއްރެއެއްގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޭގަނޑުގެ އަނދިރިކަން ގަދަވެއްޖައުމަށް ދަންދެން ޢިޝާ ނަމާދު ފަސްކުރެއްވިއެވެ. ރޭގަނޑުގެ ބައެއް ފަސްވެގެން ގޮސް މިސްކިތުގައި ތިބި މީހުން ނިދައިފުމަށް ދަންދެނެވެ. އޭގެ ފަހުގައި ނުކުމެވަޑައިގެން ނަމާދު ކުރެއްވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުން މިއީ އެ ނަމާދުގެ ވަޤުތެވެ. އެއީ ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުންނަށް ބުރަކަމަކަށް ނުވާނަމައެވެ."

މަރްޖިޢު

مجموع فتاوى ورسائل العثيمين” (15/ 26)

 

 

 

މިއަދު އޮންލައިން