"ދުނިޔެމަތީގައި ދެއްކުންތެރިކަމުގެ ހެދުން އަޅައިފި މީހާ، ޤިޔާމަތް ދުވަހުން މާތް ﷲ ނިކަމެތިކަމުގެ ހެދުން އަޅުއްވާހުއްޓެވެ!" ޙަދީޘް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
"ދުނިޔެމަތީގައި ދެއްކުންތެރިކަމުގެ ހެދުން އަޅައިފި މީހާ، ޤިޔާމަތް ދުވަހުން މާތް ﷲ ނިކަމެތިކަމުގެ ހެދުން އަޅުއްވާހުއްޓެވެ!" ޙަދީޘް

"مَنْ لَبِسَ ثَوْبَ شُهْرَةٍ فِي الدُّنْيَا أَلْبَسَهُ اللهُ ثَوْبَ مَذِلَّةٍ يَوْمَ القِيَامَةِ" މާނައި: "ދުނިޔެމަތީގައި ދެއްކުންތެރިކަމުގެ ހެދުން އަޅައިފި މީހާ، ޤިޔާމަތް ދުވަހުން މާތް ﷲ ނިކަމެތިކަމުގެ ހެދުން އަޅުއްވާހުއްޓެވެ." (އަބޫދާއޫދްގެ ކިބައިން ރިޥާވެފައިވާ ޞައްޙަ ޙަދީޘެއް).—ޝައިޚް މުޙައްމަދު ޝާފިޢު 

އަޅުގަނޑުމެންގެ ތެރޭގައި ހެދުން އެޅުން މިވަނީ އެންމެ ބޮޑު އެއް ވާދަވެރިކަމަށްވެފައެވެ. އެކަކަށްވުރެ އަނެކަކު ކުރތިއަރަން ދަނީ ވާދަކުރަމުންނެވެ. ފޮތިމުށެއްގެ އަގު 700، 800 ރުފިޔާއަށް އެރި ނަމަވެސް ދަނީ ވިކި ހުސްވަމުންނެވެ. އަންހެނުން ހެދުންލާ ފޮތްޗާއި ފިރިހެނުން ގަމީސްލާ ފޮތިވެސް ހިމެނޭ ގޮތުންނެވެ! 

ނިކަން ވިސްނައިލަބަލާށެވެ! އަނހެނަކު ލާ ހެދުން ފަހަން 5 މުށް ފޮތި ބޭނުންވާނަމަ 4000 ރުފިޔާގެ އަގު ހަމައެކަނި ފޮތިގަނޑަށް އެބަ އަރައެވެ. ފިރިހެނެއްގެ ގަމީހަށް 4 މުށް ބޭނުންވާ ނަމަ 3200 ރުފިޔާ ހަމައެކަނި ފޮތިގަނޑަށް އެބަ އަރައެވެ. މިހައި އަގު ފޮތިގަނޑަކަށް ހޭދަކުރުމުން ދެއްކުންތެރިކަމަސްޓަކައި ކުރެވޭ ބޮޑު އިސްރާފަކަށް ނުވާންވީ ކީއްވެގެން ހެއްޔެވެ؟ 

އަދި މިކަމުގައި އެންމެ ބޮޑަށް ފާހަގަކުރަން ޖެހޭ ކަމަކީ މިހައި އަގުބޮޑު ފޭރާން ގަނެ ހުސްކުރަނީ މުއްސަނދިން ނޫން ކަމެވެ. އެމީހުން ފޭރާން ގަންނަނީ ރާއްޖެއަކުން ނޫނެވެ! ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައެވެ. 

މީހަކު ލާ ހެދުމުގެ ރީތިކަމާއި އަގަށް ނުވިސްނާށެވެ! އެކަން އެމީހާއަށް ދޫކޮށްލާށެވެ! އޭނާގެ ހެދުމާއި ވާދަނުކުރާށެވެ! ވާދަކުރުމުން އެދެވެނީ ވާދަކުރުމުގެ މަގުންނެވެ! ޤިޔާމަތް ދުވަހުން މާތް ﷲ ނިކަމެތިކަމުގެ ހެދުން އަޅުއްވަވާނެ މީހުންގެ ތެރޭގައި ހިމެނިދާނެ ކަމަށް ބިރުވެތިވާށެވެ!

މިއަދު އޮންލައިން