ކޮރަޕްޝަނާ ފަސާދައިގެ ވަބާއިން ޤައުމު ސަލާމަތްވާނީ މަތިން ތިރިއަށް ހުއްޓުވަން މަސައްކަތްކޮށްގެން!: އުސްތާޛް ޙުސައިން ރަޝީދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ކޮރަޕްޝަނާ ފަސާދައިގެ ވަބާއިން ޤައުމު ސަލާމަތްވާނީ މަތިން ތިރިއަށް ހުއްޓުވަން މަސައްކަތްކޮށްގެން!: އުސްތާޛް ޙުސައިން ރަޝީދު

ކޮރަޕްޝަނާއި ފަސާދަ އަކީ ޤައުމުގެ ހަލާކު ކަމަށާއި މިނުބައި ވަބާއިން ޤައުމު ސަލާމަތް ކުރެވޭނީ އެންމެ މަތިން ފެށިގެން ތިރިއަށް މިކަން ހުއްޓުވުމަށް މަސައްކަތްކޮށްގެން ކަމަށް އުސްތާޛް ޙުސައިން ރަޝީދު އަޙްމަދު ވިދާޅުވެއްޖެއެވެ.  

އުސްތާޛް ޙުސައިން ރަޝީދު މިފަދަ ބަސްފުޅެއް ވިދާޅުވެފައިމިވަނީ އެމްއޭސީއެލްއަށް އަހަރަކު 55 މިލިއަން ޑޮލަރު ގެއްލުންވާ ގޮތަށް ޓީއެމްއޭއަށް ސީޕްލޭން ޓަރމިނަލް ދޭން އުޅޭ މައްސަލައިގައި ދައުލަތުގެ އެންމެ އިސް ބައެއް ފަރާތްތަކަށް ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވެމުން އަންނަ ވަގުތެއްގައެވެ.  

"ކޮރަޕްޝަނާއި ފަސާދަ އަކީ ޤައުމުގެ ހަލާކެވެ! މިނުބައި ވަބާއިން ޤައުމު ސަލާމަތްވާނީ އެންމެ މަތިން ތިރިއަށް މިކަން ހުއްޓުވުމަށް މަސައްކަތްކޮށްގެންނެވެ! ދީނުގައިވެސް އެކަން އަންގަވާފައި އޮތީ ހަމައެގފަދއިންނެވެ." – އުސްތާޛް ޙުސައިން ރަޝީދު އަހްމަދު

 

މިއަދު އޮންލައިން