ކާފިރުންގެ ފުރާނަ ހިއްޕަވާ ވަގުތު އޭނާގެ އިޢްތިރާފް ހޯއްދަވަން މަލާއިކަތުން ކުރައްވަވާ ސުވާލުތަކުގެ އަޑު އިވޭނަމަ ބިރުން ކުދިކުދިވީހެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ކާފިރުންގެ ފުރާނަ ހިއްޕަވާ ވަގުތު އޭނާގެ އިޢްތިރާފް ހޯއްދަވަން މަލާއިކަތުން ކުރައްވަވާ ސުވާލުތަކުގެ އަޑު އިވޭނަމަ ބިރުން ކުދިކުދިވީހެވެ!

މީސްތަކުންނޭވެ! ކާފިރުންގެ މަރު ހިއްޕަވަން ވަޑައިގަންނަވާ މަލާއިކަތުން ކާފިރުންގެ މަރުހިއްޕެވުމުގެ ކުރިން އެމީހުންނާއި ސުވާލުކުރައްވަވައި އެމީހުންނަކީ ﷲ ތަޢާލާއަށް އުރެދި ކާފިރުވީ މީހެއް ކަމުގެ އިޢްތިރާފް ހޯއްދަވަތެވެ! 

މަލާއިކަތުންނާއި މަރުވާ މީހާ އާއި ދެމެދުގައި ދެކެވޭ މިވާހަކަތަކުގެ އަޑު އިވޭނެ ނަމަ ބިރުން ކުދިކުދިވީހެވެ! ހަމައެކަކުވެސް ﷲ ތަޢާލާއަށް އުރެދި ކާފިރެއް ނުވީހެވެ! 

ކާފިރުންގެ މަރު ހިއްޕަވާ ވަގުތު ކަންކަން ހިނގާނެ ގޮތް ކީރިތި ޤުރްއާނުން ފެންނަން އެބައޮތެވެ! އަލްއައްރާފް ސޫރަތުގެ 37 ވަނަ އާޔަތް ބައްލަވާށެވެ! 

"....އެހިނދު އެބޭކަލުން ވިދާޅުވާނެތެވެ. ﷲ ފިއަވައި ތިއަބައިމީހުން އަޅުކަންކޮށް އުޅުނު ތަކެތި ކޮބައިހެއްޔެވެ؟ އެއުރެން ދަންނަވާނެތެވެ. އެތަކެތި ތިމަންމެންނަށް ގެއްލިއްޖެއެވެ. އަދި އެއުރެންނީ ކާފިރުން ކަމުގައި އެއުރެންގެ އަމިއްލަ ނަފްސް ތަކުގެ މައްޗަށް އެއުރެން ހެކިވެއްޖައޫއެވެ". 

"ﷲ އާއިމެދު ހަދައިގެން ދޮގުބުނި މީހަކަށްވުރެން، ނުވަތަ އެކަލާނގެ އާޔަތްތައް ދޮގުކުޅަ މީހަކަށްވުރެން، އަނިޔާވެރިކަން ބޮޑީ ފަހެ، ކާކުހެއްޔެވެ؟ އެއުރެންނަށްޓަކައި ލިޔުއްވާފައިވާ މިންވަރު އެއުރެންނަށް ލިބޭނެތެވެ. އެއުރެންގެ މަރު ހިއްޕެވުމަށް، ތިމަންރަސްކަލާނގެ ފޮނުއްވާ މަލާއިކަތުން ވަޑައިގެންފުމަށް ދާނދެނެވެ. އެހިނދު އެބޭކަލުން ވިދާޅުވާނެތެވެ. ﷲ ފިއަވައި ތިއަބައިމީހުން އަޅުކަންކޮށް އުޅުނު ތަކެތި ކޮބައިހެއްޔެވެ؟ އެއުރެން ދަންނަވާނެތެވެ. އެތަކެތި ތިމަންމެންނަށް ގެއްލިއްޖެއެވެ. އަދި އެއުރެންނީ ކާފިރުން ކަމުގައި އެއުރެންގެ އަމިއްލަ ނަފްސް ތަކުގެ މައްޗަށް އެއުރެން ހެކިވެއްޖައޫއެވެ".

(އަލްއައްރާފް: 37) 

މިއާޔަތުން އެނގިގެންދަނީ ﷲ ތަޢާލާއަށް އުރެދުމުންވެސް ފާފަކުރުންމަތީގައި މަރުވުމާއި ހަމައަށް ހުރުމުގެ ފުރުޞަތު ﷲ ތަޢާލާ މީސްތަކުންނަށް ދެއްވަވާކަމެވެ! "ﷲ އާއިމެދު ހަދައިގެން ދޮގުބުނި މީހަކަށްވުރެން، ނުވަތަ އެކަލާނގެ އާޔަތްތައް ދޮގުކުޅަ މީހަކަށްވުރެން، އަނިޔާވެރިކަން ބޮޑީ ފަހެ، ކާކުހެއްޔެވެ؟ އެއުރެންނަށްޓަކައި ލިޔުއްވާފައިވާ މިންވަރު އެއުރެންނަށް ލިބޭނެތެވެ. އެއުރެންގެ މަރު ހިއްޕެވުމަށް، ތިމަންރަސްކަލާނގެ ފޮނުއްވާ މަލާއިކަތުން ވަޑައިގެންފުމަށް ދާނދެނެވެ." އޮތް ބަސްފުޅުން މިކަންކަން ވަރަށް ރަނގަޅަށް އެނގިގެންދެއެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

 

މިއަދު އޮންލައިން