ނަރަކައަކީ ހަމައެކަނި އަލިފާންގަނޑެއް ނޫނެވެ! އިންތިހާއަށް ރުޅިގަދަވާ މަޚްލޫޤެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
ނަރަކައަކީ ހަމައެކަނި އަލިފާންގަނޑެއް ނޫނެވެ! އިންތިހާއަށް ރުޅިގަދަވާ މަޚްލޫޤެކެވެ!

ބައެއް މީހުން ނަރަކަ ޢާއިމެދު ދެކެނީ އެއީ ހަމައެކަނި އަލިފާންގަނޑެއްގެ ގޮތުގައެވެ. ދިރުމެއް ނުވާ އެއްޗެއްގެ ގޮތުގައެވެ. ނޫނެކެވެ! ނަރަކައަކީ ދިރުން ލިބިގެންވާ މަޚްލޫޤެކެވެ! ކޮންމެ މީހަކުވެސް ނަރަކައަށް ވަދެގެންދާނީ އެމީހަކީ އެތަނަށް ވަންނަން ޖެހޭ ފާފަވެރިއެއްކަމަށް އިޢްތިރާފްވާ ޙާލުގައެވެ!  

އަލްމުލްކް ސޫރަތުގެ މި 3 އާޔަތުގައި އެވަނީ މިބުނި ބަހުގެ ވާހަކަތަކެވެ! 

އެ ނަރަކަ އަންނަރުޅިން ކުދިކުދިވެދާން ކައިރިވެދެއެވެ. (ކާފިރުންގެ) ފައުޖެއް އެ ނަރަކައަށް އެއްލަވާ ކޮންމެފަހަރަކު، އެތާނގެ ބަނޑޭރިން އެއުރެންނާ ސުވާލު ކުރައްވަވާނެތެވެ. އިންޒާރު ކުރައްވާ ރަސޫލަކު ތިއަބައިމީހުންގެގާތަށް ވަޑައެއް ނުގަންނަވާހެއްޔެވެ؟ 

އެއުރެން ދަންނަވާނެތެވެ. އެހެންނަކުންނޫނެވެ. ހަމަކަށަވަރުން، ތިމަންމެންގެގާތަށް އިންޒާރުކުރައްވާ ރަސޫލަކު ވަޑައިގަތެވެ. ދެން ތިމަންމެން ދޮގުކުރީމުއެވެ. އަދި ތިމަންމެން ބުނީމުއެވެ. ﷲ  އެއްވެސް އެއްޗެއް ބާވައެއް ނުލައްވަވަތެވެ. ތިއަބޭކަލުން ބޮޑުވެގެންވާ ފުރެދުމެއްގައި މެނުވީ ނުވަމުއެވެ. 

އަދި އެއުރެން ބުނާނެތެވެ. ތިމަންމެން އަޑުއަހާކަމުގައިވީނަމަ، ނުވަތަ ވިސްނައި ފިކުރު ކުރާކަމުގައިވީނަމަ، ނަރަކައިގެ އަހުލުވެރިންގެ ތެރެއަކު ތިމަންމެން ނުވީހެވެ.

(އަލްމުލްކް: 8،9،10) 

ނަކައިގައި ތިބޭ މީހުން އެތަނުގެ ޢަޛާބަށް ކެތް ނުކުރެވިގެން މަލާއިކަތުންނަށް ދަންނަވައި ރޮއި އާދޭސްކުރުމުން ދެއްވަވާ ޖަވާބު އެނގޭ ހެއްޔެވެ؟ މަލާއިކަތުން ވިދާޅުވާނީ ﷲ އަށް ނުކިޔަމަންތެރިވެ އެމީހުން އަޅުކަންކޮށް އުޅުނު ފަރާތްތަކަށް ނުވަތަ ތަކެއްޗަށް ދުޢާކުރުމަށެވެ!  

ހަމަކަށަވަރުން، ޤިޔާމަތުގެ ވަގުތަކީ އަންނާނޭ އެއްޗެކެވެ. އެއާއިމެދަކު (އެކަމާއިމެދު) ޝައްކެއްނެތެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން އީމާނެއް ނުވެތެވެ.

އެބޭކަލުން ވިދާޅުވާނެތެވެ. ފާޅުވެގެންވާ ހެކިތަކާއިގެން ތިއަބައިމީހުންގެ ގާތަށް، ތިއަބައިމީހުންގެ رسول ން ވަޑައިނުގަންނަވަނީހެއްޔެވެ؟ އެއުރެން ދަންނަވާނެތެވެ. އެހެންނަކުން ނޫނެވެ. (ވަޑައިގަތެވެ.) އެބޭކަލުން ވިދާޅުވާނެތެވެ. ފަހެ، ކަލޭމެން ދުޢާ ކޮށްބަލާށެވެ. ކާފިރުންގެ ދުޢާ ފުރެދުމެއްގައިމެނުވީ ނުވެތެވެ. (ޣާފިރް: 49،50) 

ހުރިހާ ހިތާމައަކީވެސް މިހުރިހާ ކަންކަން މާކުރިއާލައި އަނގަވާފައިވާއިރުވެސް ޝައިޠޯނާގެ ބަސްތަކަށް ހެއްލެވި ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާނުކުރެވޭކަމެވެ! މީސްތަކުންގެ ވަސްވާސްތަކަށް ހެއްލެވޭ ކަމެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން