ބައެއް މީހުން ވަރަށް ގިނައިން އަޅުކަން ކުރެއެވެ! ނަމަވެސް އެމީހުންނަށް ތެދުމަގު ދެއްކެވުން އެދި ދުޢާއެއް ނުކުރެވެއެވެ! މިއީ ވަރަށް ހިތާމަހުރި ކަމެކެވެ! އެކަން އެނގެނީ މިއާޔަތުންނެވެ! މީސްތަކުން ސުވަރުގެ ވައްދަވާހިނދު އެމީހުން ބުނާ ބަސްތަކުންނެވެ!
"އަދި އެއުރެންގެ ހިތްތަކުގައިވާ ހަސދަވެރިކަން، ތިމަންރަސްކަލާނގެ ވަނީ ވަކިކުރައްވާފައެވެ. އެއުރެންގެ ދަށުން ފެންއާރުތައް ހިނގައެވެ. އަދި އެއުރެން ބުނާނެތެވެ. ޙަމްދު ހުރީ ތިމަންމެންނަށް މިކަމަށް ތެދުމަގު ދެއްކެވި ﷲ އަށެވެ. އަދި ﷲ، ތިމަންމެންނަށް ތެދުމަގު ދައްކަވައިފިއްޔާ މެނުވީ، ތިމަންމެންނަކަށް ތެދުމަގެއް ނުފެނުނީހެވެ. ތިމަންމެންގެ ވެރިރަސްކަލާނގެ ފޮނުއްވި ރަސޫލުން، ޙައްޤި ދީނާއިގެން ވަޑައިގަތްކަން ކަށަވަރެވެ. ދެން އެއުރެންނަށް ގޮވައި އަންގަވާނެތެވެ. އެހެރީ ސުވަރުގެއެވެ. ތިއަބައިމީހުން ކޮށްއުޅުނު ޢަމަލުތަކުގެ ސަބަބުން އެތަން ތިއަބައިމީހުންނަށް ލިބިދެއްވިއެވެ." (އަލްއައްރާފް 43)
މީސްތަކުންނޭވެ! ތެދުމަގު ދައްކަވައި ދެއްވެވުމަށާއި ތެދުމަގުގައި ސާބިތުކަން ދެއްވެވުން އެދި ގިނަގިނައިން މިފަދަ ދުޢާތައް ކުރާށެވެ.
يا مقلب القلوب ثبت قلبي على دينك
“Oh turner of the hearts (Allah, the Most High), keep our hearts firm on your religion“
- އިސްލާމީ ތިލަފަތުގެ ދަރުސަކުން