ޑރ. ބިލާލް ފިލިޕްސް މީގެ ކުރިން އެތައް ފަހަރަކު ރާއްޖޭގައި ދަރުސް ދެއްވައި މަސައްކަތު ބައްދަލުވުންތައް ބާއްވަވާފައިވާއިރު ތަޤްރީރުތަކުގައި ދެއްކެވީ ކަންބޮޑުވާން ޖެހޭ ކޮން ވާހަކަފުޅެއް؟ ކަމާއިމެދު ޝައިޚް މުޙައްމަދު އަނީލް ސުވާލު އުފައްދަވައިފިއެވެ.
"ރައީސް ނަޝީދަކަށް ވިޔަސް ހުރިހާ އެއްޗެއް ނުއެނގޭނެ ކަމަށް ޤަބޫލުކުރަން ޖެހެއެވެ. ޑރ. ބިލާލް އަކީ ތަކުރާރުކޮށް ރާއްޖެއަށް ޒިޔާރަތް ކުރައްވައި ޢާންމު ތަޤްރީރު (ދަރުސް) ތަކާއި މަސައްކަތު ބައްދަލުވުންތައް ބާއްވާފައިވާ ބޭފުޅެކެވެ! ދައްކަވާފައިވަނީ ތިއަ ބުނާ "ހެޔޮލަފާ" ކެޓަރީން ބޭރު ވާހަކަފުޅުތައް ހެއްޔެވެ؟" –ޝައިޚް މުޙައްމަދު އަނީލް
މިއަދުނޫހުންވެސް ޑރ. ބިލާލް ފިލިޕްސްގެ ވަރަށް ގިނަ ދަރުސްތައް ގެނެސް ދެވިފައިވާނެއެވެ. ވަރަށް ގިނަ ދަރުސްތައް އަޑުއަހަމެވެ. ދުވަހަކުވެސް ﷲ ތައާލާގެ ޙުކުމްފުޅުތަކަށް އަމަލުކުރަން ނޫން ކަމަކަށް ގޮވާލައްވާފައި އަޑު އިވިފައި ނެތުމުން، ޑރ. ބިލާލް ފިލިޕްސް ވަޑައިގަތުމަށް ކަންބޮޑުވާ މީހުން ސޯޝަލް މީޑިއާގައި އިއްޔެ ވާހަތައް ފަތުރަން ފެށުމުން އެމީހުން ކަންބޮޑުވާ ދަރުސް ނުވަތަ ވާހަކަފުޅު ހިއްޞާކޮށްލަން ވާނީ އެދިފައެވެ. އެއްވެސް ބޭފުލަކު އަދި މިވަގުތާއި ހަމައަށް އެއްވެސް ދަރުސެއް ހިއްޞާކޮށްފައެއް ނުވެއެވެ.
RN akah viyas hurihaa echcheh neyngeynekan qaboolu kuran jehey. Dr. Bilal akee thkuraaru koh raajje ah ziyaaraiy kuravvai public lecture thakaai workshop baavvaafaivaa beyfulheh. thiya bunaa "heyo lafaa" category in beyru kon vaahaka eh tha Dr.Bilal dhekkevee? #hamaEhen https://t.co/n3x5l7pUnb pic.twitter.com/SQ8DN0GIY8
— Aneel (@aneelmv) February 18, 2020