ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިނގާފައި މަޖިލީހަށް އައިސް ތިމާވެށި ހިމާޔަތްކުރަން ލޯބިކުރާ ބައެއްގެ ގޮތުގައި ދުނިޔެއަށް ނަމޫނާ ދައްކާ ބައަކަށްވުމަށް މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް ގޮވާލައްވައިފިއެވެ.
މަޖިލީހުގައި ޢާދަމް ޝަރީފް މިއަދު ވިދާޅުވީ ހަމައެކަނި ތިމާވެށި ހިމާޔަތްކުރުމުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި ޢަމަލުން ނަމޫނާ ދައްކަން ޖެހޭ ކަމަށެވެ. "އެއިރުން މަގުތަކުގަ ކާރޫބާރޫ ބޮޑު އެ ވަގުތު މަގުތަކުން87 ކާރު ނުވަތަ ސައިކަލް މަދުވާނެ! އެކަން އެހެން މީހުންނާ ދުނިޔެވެސް ބަލައިގަންނާނެ!"
އާދަމް ޝަރީފް ވިދާޅުވީ ތިމާވެށީގެ ނާޒުކުކަމުގެ ވާހަކަ ދެއްކުމަކުން މައްސަލައަށް އެއްވެސް ހައްލެއް ނުފެންނާނެ ކަމަށާއި ޙައްލު ހޯދޭނީ ދައްކާ ވާހަކަތަކާ އެއްގޮތަށް ޢަމަލުވެސް ކޮށްގެން ކަމަށެވެ. އެހެންކަމުން އެންމެ މުހިންމީ ޢަމަލުކުރާ ބައަކަށްވުން ކަމަށެވެ!