ޑރ. ބިލާލް ފިލިޕްސް ރާއްޖެ ވަޑައިގަތުން ހުއްޓުވީ ހަމައެކަނި ބޮޑުބޭބެ އާ ކޮއްކޮގެ ހިތުގަ އިސްލާމް ދީނަށް އޮތް ނަފުރަތުކަން ބޮޑުކަމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 33ސ
ޑރ. ބިލާލް ފިލިޕްސް ރާއްޖެ ވަޑައިގަތުން ހުއްޓުވީ ހަމައެކަނި ބޮޑުބޭބެ އާ ކޮއްކޮގެ ހިތުގަ އިސްލާމް ދީނަށް އޮތް ނަފުރަތުކަން ބޮޑުކަމުން!

ޔޫތް މިނިސްޓްރީގެ ދައުވަތަކަށް ޒުވާނުންނަށް ދަރުސް ދެއްވަން ޑރ. ބިލާލް ފިލިޕްސް ރާއްޖެ ވަޑައިގަތުން ހުއްޓުވީ ބޮޑުބޭބެ އާއި ކޮއްކޮގެ ހިތުގައި އިސްލާމް ދީނަށް އޮތް ނަފުރަތުކަން ބޮޑުކަމުންކަން ހާމަވެއްޖެއެވެ. 

"އަޅުގަނޑުމެންގެ އެއްވެސް މައްސަލައެއް ނެތް، ޑރ ބިލާލް ފިލިޕްސް އަކީ ހުއްދަ ދީގެން މީގެ ކުރިންވެސް އައިސް ރާއްޖޭގައި ދަރުސް ދީފައިވާ ބޭފުޅެއް، އޭގެ ފަހުން އަދި އަޅުގަނޑުމެންނަކަށް އެބޭފުޅާގެ އެއްވެސް މައްސަލައެއް ފާހަގަ ވެފައެއް ނެތް، ދީނީ އިލްމުވެރިން ރާއްޖެ ގެނައުމަށް އޮންނަ އުސޫލުގެ ދަށުން ޑރ. ބިލާލް ފިލިޕްއަށް ހުއްދަވެސް ދީފަ އޮތީ" 

- އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ، ޝާފިއު އަލީ 

"މިއީ ޑރ ބިލާލް ފިލިޕްގެ މައްސަލާގައި އިސްލާމިކް މިނިސްޓްރީން ދެކޭ ގޮތެވެ. ރާއްޖޭގައި ދީނީ ކަންކަން ބަލަހައްޓަން އޮތް ބެލެނިވެރި ފަރާތުގެ ބަހެވެ. އެހެންކަމުން އިސްލާމިކް މިނިސްޓްރީން ޑރ. ބިލާލް ރާއްޖެ ގެނައުމާމެދު އިއުތިރާޒުނުކުރާހާހިނދު، އޭނަ ރާއްޖެ ގެނައުމަށް އޮތް ހުރަހަކީ ކޮބައިތޯ ސުވާލު އުފެދެއެވެ." 

ރާއްޖެއަށް ގެންނަ ދީނީ ޢިލްމުވެރިންގެ ޝަރުޠުތައް ބަލަނީ އިސްލާމިކް މިނިސްޓްރީންނެވެ. ޓެރަރިޒަމާއިބެހޭ މައްސަލަތަކާ ގުޅުންހުރިކަން ނެޓްވޯކުން ބަލަނީ އެންސީޓީސީ އިންނެވެ. ވީއިރު ދީނީ އިލްމުވެރިން ރާއްޖެ ގެނައިމުގެ ތެރެއަށް ބޮޑުބޭބެ އާއި ކޮއްކޮ މަޖިލީހުގައި އެންމެ އިސް ވެރިންނަށް ތިބެގެން ވަދެގަނެގެން މިހުއްޓުވީ އެ ދެބެއިންގެ ހިތުގައި އިސްލާމް ދީނަށް އޮތް ނަފުރަތުކަން ބޮޑުކަމުން ކަމާއިމެދު ޝައްކުކުރަން މިހާރަކު އެއްވެސް ޖާގައެއް ނެތް ކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ! 

ކޮންމެއަކަސް ދީނީ ޢިލްމުވެރިއަކު ނުގެނައުމުން ލާދީނީ ކަމަކަށްވޭތޯ ސުވާލުކުރައްވާ ބޭފުޅުންނާއި ކުރަން ޖެހޭ ބައެއް ސުވާލުތަކަކީ:

1- ރާއްޖޭގައި ދީނީ ދަރުސްދީ ދީނީ ހޭލުންތެރިކަން އިތުރުކުރަން ނުޖެހޭނެ ކަމަށް މަޖިލީހުގައި ވާހަކަ ދެކެވުމާއި

2- ރަމަޟާން ތަރާވީޙް ނަމަދާއި ދަމުނަމާދުގަ ޚަޠިމްކޮށް ނަމާދުކުރާނެ ޙާފިޡުން ގެނައުމާއި ރަމަޟާން މަހަށް މިސްކިތްތައް ޒީނަތްތެރިކުރުމަކީ އިސްރާފެއް ކަމަށް ހަމަ އެމަޖިލީހުގައި ބުނެ ރައްޔިތުންގެ ދީނީ ރޫޙޫ ނަގާލަން އެވާހަކަތައް ލައިވްކުރުމާއި

3- ތޮއްޑޫގައި ބަނގުރަލުގެ ވިޔަފާރިކުރަން ހިތްވަރުދިންތާ 10 ވަރަކަށް ދުވަހުގެ ތެރޭގައި އެރަށުގައި ބަނގުރަލުގެ ވިޔަފާރިފެށުމާއި

4- ޑްރަގް ޑީލަރުން އަތުލަން ފުލުހުން މަސައްކަތްކުރާތީ އެކަމަށް ތަކުރާރުކޮށް ލައިވް ޕޮރްގްރާމްތަކުގައި ދެކޮޅު ހެދުމާއި

5- ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް މާފުށީގައި ބަރަހަނާކޮށް އުޅުނު އަންހެނަކު ފުލުހުންނަށް ނުކިޔަމަންތެރިވެ އައުރަ ނިވާކުރަން ދެކޮޅު ހެދުމުން އިރުކޮޅަކަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުން ފުލުހުން އަދާކުރި ދީނީ އަދި ޤާނޫނީ ވާޖިބަށް ދެކޮޅު ހެދުމާއި 

މިފަދަ ކަންކަމަށް ކިޔާނީ ކޮން ދީނީއެއްތޯއެވެ! އަލިފުބާ، ހށ އިން ލ ކަނޑާލި ނަމަ މިފަދަ ކަންކަމާ ގުޅިގެން ދީނީގެ ކުރިއަށްލާނީ ކޮން އަކުރެއްތޯއެވެ؟ އާދީނީ ބާދީނީ ލ ނުލައި ނިންމަމުން ގޮސް ޔާދީނީތޯއެވެ!

 

މިއަދު އޮންލައިން