މީހުން އިސްލާމް ކުރުވުމާ އިސްލާމް ދީނުން ބޭރުވުމުން ފިޔަވަޅު އެޅުމާ އެއީ ތަފާތު ދެކަމެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 46ސ
މީހުން އިސްލާމް ކުރުވުމާ އިސްލާމް ދީނުން ބޭރުވުމުން ފިޔަވަޅު އެޅުމާ އެއީ ތަފާތު ދެކަމެކެވެ!

މިއަދުގެ ހުކުރު ޚުޠުބާ ވެސް ހިމެނޭ ގޮތުން މިހާރަކަށް އައިސް ރާއްޖޭގައި ކިޔާ ޚުޠުބާތަކުގައި ކިޔާ އަޑު އަބަދުވެސް މިއިވެނީ ގަދަކަމުން މީހުން އިސްލާމް ދީނަށް ވެއްދުމަކީ އިސްލާމް ދީނުގައި އޮތް ކަމެއް ނޫން ވާހަކައެވެ. މިއީ ރާއްޖޭގައި މިހައިތަނަށް އޮތް މައްސަލައެއް ވެސް ނޫނެވެ. ރާއްޖެ އަންނަ އެއްވެސް ބިދޭސީއަކު ގަދަކަމުން އިސްލާމް ދީނަށް ވައްދަން ބައަކު އުޅުނުކަން އެނގިފައިނެތުމުންނެވެ. ބިދޭސީންގެ ތެރެއިން އިސްލާމްވެފައިވަނީ އެމީހުން ބޭނުންވެގެން އިސްލާމްވީ ބައެކެވެ.

ރާއްޖޭގައި އުފެދިގެން އުޅޭ މައްސަލައަކީ އިސްލާމުން އިސްލާމް ދީނާއި ދުރުވުމުގެ މައްސަލައެވެ. ނުވަތަ މަދު ބައަކު ނަމަވެސް އިސްލާމް ދީން ދޫކުރުމުގެ މައްސަލައެވެ. އިސްލާމް ދީނުގައި އެފަދަ މީހުންނާއިމެދު އަމަލުކުރަންޖެހޭ ގޮތް ނުވަތަ އެމީހުންގެ މައްޗަށް އޮތް ޙުކުމް ޚުޠުބާގައި ކިޔާ އަޑެއް ނުއިވެއެވެ.  

މިކަމުގެ ނަތީޖާއަކަށް ވެގެން މިދަނީ މީހުން ގަދަކަމުން އިސްލާމް ކުރުމާއި ކުފުރުވެ މުރުތައްދުވުމާއި ދެ ކަންތައް ގިނަބައަކަށް އޮޅޭ ގޮތްވުމެވެ. އިސްލާމް ދީން ދޫކުރި ނަމަވެސް އެއްވެސް ފިޔަވަޅެއް އަޅައިގެން ނުވާނެ ކަމަށް ބުނާ މީހުންނަށް އިތުރު ހިތްވަރު ލިބުމެވެ.  

ވީމާ ހުކުރު ޚުޠުބާ ފަދަ މުހިންމު ދީނީ އިރުޝާދުތަކުގައި އިސްލާމް ދީނުގެ ޙުކުމްތައް އޮޅުން އަރާ ގޮތަށް ހާމަކުރުން ހުއްޓާލަން ޖެހޭ ކަމަށް ގިނަ ބައަކު ޤަބޫލުކުރެއެވެ. އެއްބައި ހާމަކޮށްފައި އަނެއްބައި ހާމަނުކުރުމަކީ އޮޅުންތައް އިތުރުވާނެ ކަމެކެވެ. އެކަމުގެ ސަބަބުން ބޮޑެތި ފިތުނަތަކަށް މަގުފަހިވެގެންދާކަން ގިނަ ބައަކު ފާހަގަކުރެއެވެ.  

އިސްލާމިކް މިނިސްޓްރީން ވެސް ބުނަމުން ގެންދަނީ އެންމެ މުހިންމު ކަމަކީ އިސްލާމް ދީނުގެ ޙަޤީޤަތް އޮޅުންފިލުވައިދިނުން ކަމަށެވެ. ކަމެއްގެ ޙަޤީޤަތް އޮޅުން ފިލާނީ އެކްމެއް ދީނުގައި އޮތް ގޮތަށް ހާމަކުރުމުން ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނަމުން ގެންދާއިރު ހުކުރު ޚުޠުބާތައް ލިޔުއްވާ ބޭފުޅުން އިސްލާމިކް މިނިސްޓްރީން ވިދާޅުވާ ގޮތާއި ތަޢާރަޒްވާގޮތަށް ޚުޠުބާ ލިޔުއްވުން ނިމުމަކަށް ގެންނަން ޖެހޭކަމަށް ވެސް ގިނަ ބައަކު ދަނީ ބުނަމުންނެވެ. 

އިސްލާމް ދީނަކީ އޯގާތެރިކަމުގެ ދީނެވެ. އެހެން ދީންތަކުގެ މީހުންނަށް ވެސް ކަމޭ ހިތައި އެހީތެރިވުމުގެ ދީނެވެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ދިވެހިންނަކީ ބޭރުން އަންނަ މީހުންނަށް މެހްމާންދާރީ އަދާކުރުމުގައި ދުނިޔެއަށް ނަމޫނާ ބައެއްކަން ޤަދީމީ ތާރީޚޫ ފޮތްތަކުން ވެސް އެނގެން އެބައޮތެވެ. އެކަން ބަދަލުކުރަން ކުރެވޭ ކޮންމެ ކަމަކާއި ދެކޮޅަށް އަޅަން ޖެހޭ ފިޔަވަޅުތައް ދައުލަތުގެ އިތުރުން ރައްޔިތުންވެސް އަޅަންވާނެއެވެ. އެ ރީތި ނަން ދަމަހައްޓަން ޖެހޭނެއެވެ.  

ވިސާދީ ބެލެނިވެރިކަން ޙަވާލުވެގެން ތިބޭ މީހުން އެމީހުންގެ ބެލެނިވެރިކަމުގެ ދަށުގައި ތިބޭ ބައަކަށް ދިވެހި ރާއްޖޭގައި އުޅެންވާނީ ރާއްޖޭގެ ޤާނޫނުތަކާއި އެއްގޮތަކަށްކަން އެބައެއްގެ ބެލެނިވެރިކަމުގެދަށުގައި ތިބި ބއަކަށް އަނގައިދީ ހޭލުންތެރިކުރުވަން މަސައްކަތް ކުރަން ޖެހޭނެ ކަމާއި އެކަމުގެ ޒިންމާ ބެލެނިވެރިފަރާތުން ނަގަން ޖެހޭނެކަންވެސް މިއަދުގެ ޚުޠުބާގައި ހިމެނި ނަމަ ވަރަށް ފުރިހަމަވާނެކަންވެސް ފާހަގަކުރެވެއެވެ.  

އެއިރުން ދާދިފަހުން މާފުށީގައާއި ފައިނުގައި ހިނގައި ދިއަ ފަދަ ހިތާމަވެރި ހާދިސާތައް ހިނގުން މަދުވާނެތީއެވެ. އަދި ވިސާ ލިބިގެން ތިބޭ މީހުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ގޭންގް ހަދައިގެން އެމީހުން އެމީހުންނަށް މާރާމާރީ ހިންގުމާއި އެމީހުން އެމީހުންގެ މީހުން ރަހީނުކުރުން ފަދަ މައްސަލަތައްވެސް މަދުވާނެކަން ވެސް ފާހަގަކުރެވެއެވެ. 

މިއަދު އޮންލައިން