އެމްޑީޕީގެ ޕްރައިމަރީތަކުގައި ވަރަށް ބޮޑެތި ގޯސްތައް ހެދިފައި ހުރިކަމަށް އެ ޕާޓީން އެއްބަސްވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 17ސ
އެމްޑީޕީގެ ޕްރައިމަރީތަކުގައި ވަރަށް ބޮޑެތި ގޯސްތައް ހެދިފައި ހުރިކަމަށް އެ ޕާޓީން އެއްބަސްވެއްޖެ!

އެމްޑީޕީގެ ޕްރައިމަރީތަކުގައި ވަރަށް ބޮޑެތި ގޯސްތައް ހެދިފައި ހުރިކަމަށް އެ ޕާޓީން އެއްބަސްވެއްޖެއެވެ. އެކަމަށް އެއްބަސްވެފައިވަނީ މިކަމުގެ ހެއްކާ ޤަރީނާ އާއިއެކު ޢާދިލް ސަލީމް ކުރެއްވި ޓްވީޓަކަށް އެމްޑީޕީގެ ސްޕޯކްސްޕާސަން އަފްޝަން ލަޠީފް ދެއްވި ޖަވާބުގައެވެ. 

ކުރިއަށް އޮތް ލޯކަލް ކައިންސިލްއިންތިޚާބަށް އެމްޑީޕީގެ ޓިކެޓް ދިނުމަށް ބޭއްވި ޕްރައިމަރީގައި ގިނަ އަދަދެއްގެ ޕީޕީއެމް މެންބަރުންނަށް ވޯޓުދިނުމުގެ ފުރުޞަތު ލިބިގެންދިއުމުން ބައެއް ދާއިރާތަކުން ޓިކެޓް ލިބިފައިވަނީ އަޞްލު އެމްޑީޕީގެ މެންބަރުންނަށް ނޫން ކަމުގެ މައްސަލަތައް ފާހަގަކޮށް އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ގެންދަވަނީ ކަންބޮޑުވުން ފައުޅު ކުރައްވަމުންނެވެ. 

އަފްޝަން ލަޠީފް ވިދާޅުވެފައިވަނީ މަޖިލިސް ޕްރައިމަރީގަ އާއި ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީގައިވެސް މައްސަލަތަކެއް އެބަހުރިކަން ޤަބޫލުފުޅު ކުރައްވާ ކަމަށާއި އެޕްރިލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށްފަހު އެކަންކަން ރަނގަޅުކުރުމަށް ޕާޓީން ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ. 

އެހެންކަމަށް ވެއްޖެ ނަމަ އެކަން ވެގެންދާނީ ގޯހުގެ މައްޗަށް ހެދޭ ގޯހަކަށްކަން އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ފާހަގަކުރައްވައެވެ. 

މީގެ އިތުރުން އަފްޝަން ލަޠީފް ވަނީ އެމްޑީޕީން އިހަށްރޭ މާލޭގައި ބޭއްވި ބޮޑު ރެލީގައި ބައިވެރިވި މީހުންގެ އަދަދު މަދުކަންވެސް ޤަބޫލުކުރައްވައިފައެވެ. 

ސިޔާސީ ޕާޓީތަކުން ޕްރައިމަރީ ބާއްވަނީ އެކަމަށް އެންމެ ޤާބިލު، އެންމެ ގިނަ ބައެއްގެ ތާއީދު އޮތް ކެންޑިޑޭޓް ހޮވުމަށެވެ. އެހެންކަމަށްވާއިރު އެކަމަށް ބާއްވާ ވޯޓުލުމުގައި ބޭނުންކުރާ ވޯޓަރސް ލިސްޓަކީ ޞއްޙަ ލިސްޓަކަށް ނުވާނަމަ ޑިމޮކްރަސީގެ ނަމުގައި މިދެކެވޭ ވާހަކަތަކުގެ ވަސް ވެސް ނެތްކަމަށް ގިނަބައަކު ދެކެއެވެ. އަދި މިކަމުގައި އިލެކްޝަންސް ކޮމިޝަނުގެ ދައުރެއް އޮންނަން ޖެހޭ ކަމަށްވެސް ގިނަ ބައަކު ދެކެއެވެ. 

ހަމައެއާއިއެކު ރައްޔިތުންނަށް އިންސާފު ހޯދައިދީ، ޖޫޑިޝަރީ އިޞްލާޙްކޮށް، ޑިމޮކްރަސީގެ ހަމަތައް ޤައުމުގައި އަށަގަންނަވާނެ ކަމުގެ ވައުދުތަކާއިއެކު ވެރިކަމަށް އައި ޕާޓީގެ ތެރޭގައި ކަންކަން މިހުރި ގޮތުން "ޖަހާބެރާ ކިޔާ ލަވަ" ދިމާވޭތޯ؟ ދިމާކުރެވޭނެތޯ؟ ދިމާކުރެވޭނީ ކިހާވަރަކަށްތޯ؟" ވެސް ގިނަ ބައަކު ސުވާލު އުފައްދައެވެ. 

 

Afshan Latheef 
 
Balloon
 
@AfshanLatheef
 

 

Acknowledging that turn out for the launching jalsaa in Male was low, the party will work on addressing conplaints and concerns of members and supporters. Each campaign gives us an opportunity to learn more of grievances and to come up worh plans and policies that offer solutions
މިއަދު އޮންލައިން