ޔަޤީންކަމާއެކު ހޯދެން އޮތް 27 ގުނައިގެ ފައިދާ، ލިބިދާނެކަމަށް އުންމީދުކުރާ ކުޑަ ފައިދާކޮޅެއްގެ ބޭނުމުގަ ދޫކޮށްލަން ހެޔޮނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ޔަޤީންކަމާއެކު ހޯދެން އޮތް 27 ގުނައިގެ ފައިދާ، ލިބިދާނެކަމަށް އުންމީދުކުރާ ކުޑަ ފައިދާކޮޅެއްގެ ބޭނުމުގަ ދޫކޮށްލަން ހެޔޮނުވާނެ!

ޖަމާއަތުގައި ނަމާދުކުރަން އުނދަގޫވަނީ އެވަގުތު ކުރަން ހުރި އެހެން މަސައްކަތްތަކުން ލިބިދާނެ ފައިދާއަށް ވިސްނާތީއެވެ. ލިބެން އޮތް މަންފާއެއް ގެއްލިދާނެ ކަމަށް ޤަބޫލުކުރެވޭތީއެވެ. 

އެފަދަ މީހުން ވިސްނައިލަން ޖެހޭ ފުރަތަމަ ކަމަކީ ބަންގީގެ އަޑު އިވުމުން އަވަހަށް އިޖާބަ ދިނުމަށް އަމުރުފުޅު ކުރެއްވެވީ ތިމާ އުންމީދުކުރާ ހުރިހާ މަންފާތަކެއް ތިމާއަށް މިންވަރު ކޮށްދެއްވަވާނެ ﷲ ތަޢާލާ ކަމެވެ. ދެވަނައަށް ވިސްނައިލަންވީ ނަމާދުގެ ޖަމާޢަތް ގެއްލުވާލައިފިނަމަ އެ ދޫކޮށް ލެވެނީ އެނަމާދުން ތިމާއަށް ޙާޞިލުކުރެވެން އޮތް 27 ގުނަ ކަމެވެ. އެކަނި ކުރުމުން އެ ނިޢުމަތް ނުލިބޭނެ ކަމެވެ. 

ވީއިރު ޔަޤީންކަމާއިއެކު ހޯދެން އޮތް 27 ގުނައިގެ ފައިދާ ލިބިދާނެ ކަމަށް އުންމީދުކުރާ ކުޑަ ފައިދާކޮޅެއް ލިބިގަތުމުގެ ބޭނުމުގައި ދޫކޮށްލަން ހެޔޮވެދާނެ ހެއްޔެވެ؟ ހެޔޮ ނުވާނެކަން ޔަޤީނެވެ. އަދި އެއްވެސް ބުއްދިވެރިއަކު އެކަމެއް ނުކުރާނެއެވެ! 

މީސްތަކުންނޭވެ! ދުނިޔޭގެ އެންމެ ކާމިޔާބު މީހުންނަށް ބަލާށެވެ! އެމީހުންގެ ޙަޔާތް ކާމިޔާބުކުރުމުގައި ނަމާދަށް ދިން ސަމާލުކަމަށް ވިސްނާށެވެ! އެފަދަ މީހުންނަށް ޤިޔާމަތް ދުވަހު ﷲ ތަޢާލާ ދެއްވަވާނެ މަތިވެރި ދަރަޖަ އާއިމެދު ވިސްނައިލާށެވެ! އެމީހުންގެ މަގު އިޚްތިޔާރުކުރާށެވެ! އެބައަކީ ޞަޙާބީންނެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން