ޗައިނާއިން ގެންދަނީ އިޖުތިމާޢީ، އިޤްޠިޞާދީ، ތައުލީމީ އަދި ޞިއްހީ ދާއިރާއިން ކަންކަން ހަމައަކަށް އަޅުވަން ފިޔަވަޅުތައް އަޅަމުން ކަމަށާއި އެހެންކަމުން މިއީ ޗައިނާ އާއިމެދު އެހެން ޤައުމުތަކުން އަޅާފައިވާ ފިޔަވަޅުތައް އަލުން މުރާޖަޢާކުރަންވީ ވަގުތު ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޒާންގ ލިޒޯންގ ވިދާޅުވެއްޖެއެވެ.
ސަފީރު މިފަދަ ބަސްފުޅެއް ވިދާޅުވީ ކޮވިޑް19 ގެ ޙާލަތު ޗައިނާގައި އޮތް މިންަވރު ބެލުމަސް ފޮނުވި ޑަބްލިޔޫއެޗްއޯގެ ތަޖުރިބާކާރު، ޙާލަތު ބެލުމަށްފަހު ޗައިނާއިން އަޅާފައިވާ ފިޔަވަޅުތަކަށް ތަޢްރީފްކުރުމުންނެވެ.
ތަޖުރިބާކާރު ވަނީ ބަލި ދުނިޔެއަސް ފެތުރިގެން ދިއަ ނުދިނުމަސް ޗައިނާއިން އަޅާފައިވާ ފިޔަވަޅުތަކަށާއި ކުރަމުން ގެންދާ މަސައްކަތްތަކަށް ތަޢްރީފްކޮށްފައެވެ. އަދި ކޮރޯނާ ވައިރަސްގެ މިބާވަތަކީ ދުނިޔެއިން އަލަށް ފެނުނު ބާވަތަކަށްވުމުން ބަލި ފެތުރުން ހުއްޓުވަން މުޅި ދުނިޔެ ގުޅިގެން މުހިންމު މަސައްކަތްތަކެއް ކުރަންޖެހިފައިވާކަންވެސް ތަޖުރިބާކާރުންގެ ޓީމުން ވަނީ ފާހަގަކޮށްފައެވެ.
China-WHO joint expert at a press conference:
— Amb. Zhang Lizhong (@AmbassadorZhang) February 24, 2020
China is taking prudent, phased and orderly steps to gradually restore order in social, economic, education and healthcare sectors, other countries should swiftly reassess the measures taken toward China.https://t.co/4SIS9oL5k3