ހައްދުފަހަނައަޅާފައިވާ ހިންދޫން އިންޑިއާގަ މިސްކިތަކާ މުސްލިމުންގެ ބާޒާރެއް އަންދާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ހައްދުފަހަނައަޅާފައިވާ ހިންދޫން އިންޑިއާގަ މިސްކިތަކާ މުސްލިމުންގެ ބާޒާރެއް އަންދާލައިފި

އިންދިއާ ސަރުކާރުގެ އެއްބާރުލުން ދިނުމުން ހިތްވަރު ލިބިގެން މުސްލިމުންނާއި އިސްލާމް ދީން ނައްތާލަން މަސައްކަތްކުކުރުމުގައި ހައްދުފަހަނައަޅާފައިވާ ހިންދޫން އިރުމަތީ ދިއްލީގެ ސަރަހައްދެއްގައި ހުރި މިސްކިތަކާއި މުސްލިމުންގެ ބާޒާރެއް އަންދާލައިފިއެވެ.

މިސްކިތުގެ މުންނާރަށް މިހާރުވަނީ ހިންދޫންގެ ދިދަ ވެސް ނަގައިފައެވެ.

މުސްލިމުންގެ އެތައްހާސް ބައަކު މިހާރު ވަނީ ސަރަހައްދު ދޫކޮށް ދުރު ސަރަހައްދުތަކަށް ގޮސް ސަލާމަތްކަން ހޯދައިފައެވެ. ހިންގަމުން ގެންދާ ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު މިހާރުވަނީ 11 އަށް އަރައިފައެވެ.

ހައްދުފަހަނައަޅާފައިވާ ލަޓިބުރިތަކުން ތަޅައި މުސްލިމުންނަށް އަނިޔާކޮށް މަރަމުން ގެންދާއިރު ސިފައިންނާއި ފުލުހުން ވަށައިގެންތިބެނީ ކުޅިބަލައި ހިތްވަރުދޭން ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިއަދު އޮންލައިން