އެންމެ ގިނަ ބައަކު ކުފުރުވަނީ ނަމާދު އެޅުމުންނެވެ! ނަމާދު އެޅުމަކީ އެއްގޮތަކަށް ވެސް ނަމާދު ނުކޮށް ހުރުން އެކަންޏެއް ނޫނެވެ. ފަރުޟު ކުރެއްވެވި 5 ނަމާދު ޤަވާއިދުން ނުކުރުމަކީވެސް ނަމާދު އެޅުމެވެ.
ބައެއް ޢިލްމުވެރިން ވިދާޅުވަނީ އެންމެ ނަމާދެއް އެޅި ނަމަވެސް އެމީހަކު ކާފިރުވާނެ ކަމަށެވެ. އަނެއްބައި ޢިލްމުވެރިން ވިދާޅުވަނީ ޤަވާއިދުން ނަމާދުކުރާ މީހަކަށް އެންމެ ނަމާދެއް އެޅުނު ނަމަވެސް ނަމާދަށް އިންކާރު ނުކުރާ ނަމަ ކާފިރު ނުވާނެ ކަމަށެވެ. ނަމަވެސް އެމީހާ އެކުރީ ބޮޑުވެގެންވާ ފާފައެއް ކަމަށެވެ.
އެހެންކަމުން އެންމެ ރައްކައުތެރިކަން ބޮޑު ގޮތަކީ އެންމެ ނަމާދެއްވެސް ނުއެޅުމެވެ. އެއްވެސް ސަބަބަކާއި ހުރެ ނަމާދެއް ވަގުތުގައި ނުކުރެވިއްޖެ ނަމަ އޮތީ ވީހައި އަވަހަކަށް އެނަމާދުކޮށް 5 ނަމާދު ފުރިހަމަކުރުމެވެ.
ޙަދީޘްފުޅުގައި އޮތީ އަޅާ އާއި ކާފިރުކަމާއި ދެމެދުގައިވަނީ ނަމާދު އެޅުން ކަމަށެވެ. ވީމާ އެންމެ ނަމާދެއް ނަމަވެސް ނުކުރުމަކީ ވަރަށް ބިރުހުރި ކަމެކެވެ. ހަމައެކަނި ހުކުރަށް ގޮސް އުޅޭ މީހުންގެ އިސްލާމް ކަމާއިމެދު ސުވާލު އުފެދެނީ މި ސަބަބުތަކަށްޓަކައެވެ.
Hadith on Kufr: Between faith and disbelief is leaving prayer
Abu Amina Elias Bad Deeds السيئاتHaram الحرامIdolatry الشركMajor Sins الكبائرManners الادبMonotheism التوحيدPillars of Islam أركان الإسلامPrayer الصلاةUnbelief الكفر
Jabir reported: The Prophet, peace and blessings be upon him, said, “Verily, between a man and idolatry and unbelief is abandoning the prayer.”
Source: Ṣaḥīḥ Muslim 82
Grade: Sahih (authentic) according to Muslim
- އިސްލާމީ ތިލަފަތުގެ ދަރުސަކުން