"ރާއްޖޭގަ ކޮރޯނާ ވައިރަސްގެ ކަންކަން ކިހިނެއް؟"
"ﷲ އިރާދަފުޅުން އަދި ކޮރޯނާ ވައިރަސް ރާއްޖެއަކު ނެތް! އަހަރެމެން ކޮންމެ ރެއަކު 3 ފަހަރު ޤުނޫތު ކިޔައި ﷲ އަށް ދުޢާކުރަން!"
"އަހަރެންވެސް ކޮރޯނާ ވައިރަސް އިން ސަލާމަތްވުން އެދި އެދި ދުޢާކުރަނީ ﷲ އަށް."
"ވަރަށް ރަނގަޅު ނިންމުމެއް! ﷲ ތިބާއަށް ހިދާޔަތް ދައްކަވާށި!"
"ކޮރޯނާ ވައިރަސްގެ ކަންކަން ސައުތު ކޮރެއާގަ ކިހިނެއް؟"
"ވަރަށް ދެރަ! 12 މީހުން މަރުވެއްޖެ. 900 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެއްޖެ!"
"ވަރަށް ހިތާމަވެރި ޚަބަރެއް! ﷲ އަށް ދުޢާކުރުން ދޫނުކުރާތި! ސަލާމަތްކަން ދެއްވެވޭނީ ހަމަ އެކަނި ﷲއަށް!"
"ﷲ އަށްކަން ޔަޤީންކުރަން!"
މިއީ މިއީ އެއްވެސް ދީނެއް ޤަބޫލުނުކުރާ ދެކުނު ކޮރެއާގެ ނޫސްވެރިއަކާއި މިއަދުނޫހާއި މިއަދު ކުރެވުނު މުޢާމަލާތެކެވެ. މަޞްލަހަތަށްޓަކައި "އޮރިޖިނަލް ޗެޓް ލޮގް" ހާމަކުރެވޭކަށް ނެތެވެ. ޔަޤީންކޮށްލައްވަން ބޭނުންފުޅު ބޭފުޅަކު ހުންނެވިނަމަ މިއަދުނޫހަށް ވަޑައިގަތުމުން ދައްކައިލާނަމެވެ. އިން ޝާ ﷲ! ޢިބްރަތް ޙާޞިލުކުރައްވާށެވެ!