ކައިވެނީގެ ގަރަންޓީއަކީ ސޮއިކުރާ ކަރުދާސްގަނޑެއް ނޫނެވެ! ދެމީހުންގެ ލޯތްބެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ކައިވެނީގެ ގަރަންޓީއަކީ ސޮއިކުރާ ކަރުދާސްގަނޑެއް ނޫނެވެ! ދެމީހުންގެ ލޯތްބެވެ!

ކައިވެންޏަކީ ހަމައެކަނި ދެފަރާތުން ސޮއިކޮށް ވެވޭ އެއްބަސްވުމެކެވެ. އަދި އެ އެއްބަސްވުމަކީ ދެމަފިރިން އެކުގައި އުމުރަށް ދިރިއުޅޭނެ ކަމުގެ ގަރަންޓީއެއް ނޫނެވެ! އެކަމަށް ގަރަންޓީއަކަށް ވާނީ ދެމީހުންގެ ލޯތްބެވެ! ކައިވެނި ކާމިޔާބުވާނީ ކުރެވޭ ކައިވެންޏާއެކު ލޯބި ދިރުވައި ދަމަހައްޓައިގެންނެވެ. 

ލޯބި ދެމެހެއްޓުމުގެ ގަރަންޓީއަށް ބޭނުންވާ ޝަރުޠުތަކުގެ ތެރޭގައި، އެކަކު އަނެކަކަށް އަޅައިލުމާއި އިޙްތިރާމްކުރުމާއި ދޫދޭންޖެހޭ ކަންކަމުގައި ދޫދިނުމާއި އިތުބާރުކުރުމާއި ޤަދަރުކުރުމާއި ދެމީހުންގެ މެދުގައި ގާތް ރަޙްމަތްތެރިކަން ދެމެހެއްޓުމާއި މަރުވުމާއި ހަމައަށް ލޯބިން އެކުގައި އުޅުމަށް ޢަޒުމް ކަނޑައެޅުން ހިމެނެއެވެ. 

މިކަންކަން ކައިވެނީގެ އެއްބަސްވުމުގައި ނުލިޔުނު ނަމަވެސް ޚުޠުބާގައި ކިޔައިދެއެވެ. ވީމާ ކައިވެނީގެ ވީޑިއޯ އިން ޚުޠުބާ ގިނަގިނައިން އަޑުއަހާށެވެ! އަދި އެއިގައި ދޭ ނަޞޭޙަތްތަކަށް ފުރިހަމައަށް ޢަމަލުކުރާށެވެ. އެއިރުން ކައިވެނީގެ އުފާވެރިކަމަށް ދުވަހަކުވެސް ފަނޑުވުމެއް ނުއަންނާނެއެވެ!  

ކޮންމެ ދެމަފިރިއެއްގެ މެދުގައިވެސް މައްސަލަތައް ހުންނާނެއެވެ! މައްސަލަތައް ޖެހޭނެއެވެ. އެކަންކަން ޙައްލުކޮށް އުފާވެރިކަމާއި ތަޤްވާވެރިކަމާއިއެކުގައި ދިރިއުޅުމަކީ ޖިހާދެއްކަމަށް ޢިލްމުވެރިން ސިފަކުރައްވަނީ އެކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން