ސެކިޔުލާފިކުރު ފަތުރާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގަ ބެލުމަށް ޑރ. އިޔާޟް ގޮވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ސެކިޔުލާފިކުރު ފަތުރާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގަ ބެލުމަށް ޑރ. އިޔާޟް ގޮވާލައްވައިފި

"ދީނީ ޢިލްމުވެރިން ދަރުސެއް ދޭންވިޔަސް އެތައް ބައިވަރު ހުއްދަތަކެއް (ކޮންމެ ދަރުސަކަށް ވެސް) ނަގަނަޖެހެއެވެ. ނަމަވެސް ދީނާއި ޚިލާފް މިފަދަ ވޯކްޝޮޕްތައް ބާއްވަންވީމަ އެއްވެސް ތަނަކުން ހުއްދަ ނަގާކަށް ނުޖެހެއެވެ. ޙޯމް މިނިސްޓްރީންނާއި ކަމާއިބެހޭ ފަރާތްތަކުން މިފަދަ މައްސަލަތައް ސީރިއަސް މައްސަލަތަކުގެ ގޮތުގައި ބަލަންޖެހެއެވެ!" –ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

ޑރ. އިޔާޟް މިމޭރުވުމުން ވިދާޅުވެފައިވަނީ ރާއްޖޭގެ ބައެއް ރަށްރަށުގައި ސެކިޔުލާފިކުރު ކުރިއަރުވައި އިސްލާމް ދީން ބަލިކަށިކުރަން ވޯކްޝޮޕްތަކެއް ބާއްވަމުން ގެންދާ މައްސަލައެއް ބަލަމުން ގެންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނުމުން އިސްލާމިކް މިނިސްޓްރީއަށް އެޑްރެސްކުރައްވައި ދެއްވި ޖަވާބެއްގައެވެ. 

ބޭރުގެ ފަރާތްތައް ރާއްޖެ ގެނެސްގެންވެސް އަދި ދިވެއްސަކުވެސް ދިވެއްސަކު ބައިވެރިވެގެންވެސް  އިސްލާމް ދީނާއި ދެކޮޅު އަމަލުތައް ހިންގުމަކީ ރާއްޖޭގެ ޤާނޫނު އަސާސީ މަނާކުރާ ކަމެކެވެ. އަދި ރާއޖޭގައި ވޯކްޝޮޕްތައް ބޭއްވޭނީ ދައުލަތުގެ ކަމާއިބެހޭ ފަރާތްތަކުގެ ހުއްދަ ނަގައިގެންނެވެ.  

މިއަދު އޮންލައިން