ނިޔާވެފައިވާ މީހެއްގެ ނަމުގަ މިސްކިތަށް އެހީވުމަކީ ނިޔާވެފައިވާ މީހަކަށް ފައިދާކުރާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
ނިޔާވެފައިވާ މީހެއްގެ ނަމުގަ މިސްކިތަށް އެހީވުމަކީ ނިޔާވެފައިވާ މީހަކަށް ފައިދާކުރާނެ ކަމެއް!

"ނިޔާވެފައިވާ މީހެއްގެ ނަމުގައި މުޞްޙަފް، ނަމާދުކުރަން އިށީންނަ ގޮނޑި، މުސައްލަ ފަދަ ތަކެތި މިސްކިތަށް ހަދިޔާކުރުމުން އެކަމުގެ ފައިދާ އެމީހާއަށް (ނިޔާވެފައިވާ މީހާއަށް) ކުރާނެއެވެ. އަދި ހަދިޔާކުރި މީހާއަށްވެސް އެކަމުގެ ފައިދާ ކުރާނެއެވެ!" ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

މިސްކިތެއް އެޅުމުގެ ކުޅަދާނަކަން ހުރި މީހުން މިސްކިތް އެޅުމަކީ މީހަކަށް ކުރެވޭނެ އެންމެ ފައިދާހުރި އެއް ކަންތަކެވެ. އެހެނީ އެމީހަކަށްޓަކައި އެފަދަ ބިނާއެއް ﷲ ތަޢާލާ ސުވަރުގޭގައި ބިނާކޮށްދެއްވަވާހުއްޓެވެ! (ޞަޙީހް ބުޚާރީ: 450) 

"އެވަރުގެ ތަނަވަސްކަން ނެތް ނަމަ މިސްކިތްތަކުގެ ފެން ބިލް، ކަރަންޓް ބިލް ދައްކައިދިނުން ފަދަ ކަންކަން ކުރުމަކީވެސް ނުހަނު ފައިދާހުރި ކަންކަމެވެ. އެހެނީ އެކަންކަމަކީ މީސްތަކުން ނަމާދުކުރަން އެހީތެރިވުމެވެ." –ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން