ފާފަ ފުއްސެވުމަށް އެދޭ މީހާ ވުޟޫކޮށްގެން ނަމާދަށްދާއިރު ދެމެދުގަ ނަމާދުކުރުން ނޫން ކަމެއް ނުކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ފާފަ ފުއްސެވުމަށް އެދޭ މީހާ ވުޟޫކޮށްގެން ނަމާދަށްދާއިރު ދެމެދުގަ ނަމާދުކުރުން ނޫން ކަމެއް ނުކުރާށެވެ!

ވަރަށް ފުރިހަމައަށް ވުޟޫ ކުރެއްވެވުމަށްފަހު ރަސޫލް (ޞޢވ) ޙަދިޘްފުޅު ކުރެއްވެވިއެވެ.

"މިފަދައިން މީހކު ވުޟޫކޮށް، ދެން މިސްކިތަށް ގޮސް، އެދެމެދުގައި ނަމާދުކުރުން ނޫން އެހެން އެއްވެސް ކަމެއް ކުރުމެއް ނެތި، ނަމާދުކޮށްފިކަމުގައިވާނަމަ، އޭނާއަށް އެއިގެ ކުރިން ކުރެވިފައި ހުރި ހުރިހާ ފާފައެއް ﷲ ފުއްސަވައި ދެއްވަވާނެއެވެ." (ޞަޙީޙް މުސްލިމް: 340) 

މިއިން އެނގެނީ އަޅުކަމުގައި އޮންނަން ޖެހޭ އިޚްލާޞްތެރިކަމުގެ މުހިންމުކަމާއި އެކަން ﷲއަށް ޚާއްޞަކުރެވެން ޖެހޭ ކަމެވެ. އެހެނީ އިޚްލާޞްތެރިކަމެއް ނެތި ކުރާ އަޅުކަމުގެ ސަވާބު މީހާއަކަށް ނުލިބޭނެއެވެ. އަދި އަޅުކަމުގައި ސަވާބު އިތުރުވާނީވެސް އިޚްލާޞްތެރިކަން ﷲ އަށް ޚާލިޞްކުރި ވަރަކަށެވެ. 

- އުސްތާޛް ޙުސައިން ރަޝީދު އަޙްމަދު 

އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ވުޟޫކޮށްގެން ގެއިން ނުކުތުމަށްފަހުގައިވެސް އިތުރުކަންކަން ކުރެވެއެވެ. ފޯނާއި ކުޅެ މެސެޖުކުރުމާއި ސޯޝަލްމީޑިއާ ބެލުމާއި ފިހާރަތަކަށް ވަނުމާއި މީހުންނާއި ވާހަކަދައްކަން މަޑުކުރުމާއި މިފަދަ ކިތަންމެ ކަމެއް ކުރެވެއެވެ. އެހެންކަމުން އެކަންކަން އިޞްލާޙްކުރުން ވަރަށް މުހިންމުކަން މިޙަދީޘްފުޅުން އެނގިގެންދެއެވެ.

 

 

މިއަދު އޮންލައިން