ބަނޑުން ވައިބޭރުވާ މައްސަލަވެސް އެޖެންޑާ ކުރެވޭ ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހަށް ދިވެހިން ކާފަރުކުރުވާ މައްސަލަ އެޖްނެޑާ ވެސް ނުކުރި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 9ސ
ބަނޑުން ވައިބޭރުވާ މައްސަލަވެސް އެޖެންޑާ ކުރެވޭ ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހަށް ދިވެހިން ކާފަރުކުރުވާ މައްސަލަ އެޖްނެޑާ ވެސް ނުކުރި!


ބަލިވެ އިންނަ އަންހެނުން ވިހާ މައްސަލަ އާއި ބަނޑުން ވައިބޭރުވާ މައްސަލަވެސް އެމްޑީޕީ ބޭނުން ވެއްޖެ ނަމަ އެޖެންޑާކޮށް ބަހުސްކުރުމުގެ ނަމުގައި ޑްރާމާކުޅޭ ރާއްޖޭގެ ޤާނޫނު ހަދާ މަޖލީހަށް ރައީސް ނަޝީދުގެ މޭސްތިރިކަމުގައި ރާއްޖެއަށް ހައްދު އޯވަރޑޯޒްވެފައިވާ މަޑުކަށި ފިކުރުގެ ފަރަންޖީ މީހުން ގެނެސް އައްޑޫ ސިޓީގަ އާއި ހަނިމާދޫގައި ދިވެހި މުސްލިމަ ރައްޔިތުން ޣައިރު ދީން ކުރުވަން ކުރި މައްސަކަތްތަކުގެ މައްސލަ އެޖެމންޑާ ވެސް ކުރިއަ ނުދިނެވެ.


އެޖެންޑާ ކުރިއަށް ނުދިނުމަށް ހުށަހެޅީ މިބާވަތުގެކަންކަމުގައި ރައީސް ނަޝީދަށް ވާގިވެރިވުމުގައި އޯވަރޑޯޒްވެފައިވާ މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް އާއި އަނދުން ހުސައިންއެވެ. ނޮޅިވަރަމް ދާއިރާގެ މެންބަރު ހުށަހެޅަން މަސައްކަތކުރި ޤަރާރު ހުށަހެޅިއަ ނުދީ ބޭރުކޮށްލީ އެަމަސް ކުޅެން ރާވާފައި އޮތް ދްރާމާ ކުޅެގެންނެވެ. ޤަރާރު ހުށަހެޅިއަ ނުދިނުމަށް މަސައްކަތް ކުރި ހުރިހާ މެންބަރުންނަށާއި ޑްރާމާގައި ބައިވެރިވި މަޖލިސް މުވައްޒިފުންނަށް ޙައްޤު ޖަޒާ މާތް ﷲ ދެއްވަވާށި! އިސްލާމް ދީނުގެ ދުޝްމިނުންގެ ކިބައިން ދިވެހި ޤައުމާއި އުންމަތް ސަލާމަތްކޮށްދެއްވަވާށި! އާމީން


މިއަދު ފެނިގެން މިދިއައީ ރާއްޖޭގެ ޤާނޫނުތައް މުގުރައި ދިވެހިން އެހެން ދީންތަކަށް އަނބުރައި ކާފިރުކުރި ނަމަވެސް އެންމެ ކުޑަމިނުން ޤާނޫނު ހަދާ މަޖިލީހުގައި ބަހުސްކޮށްލުމުގެ ފުރުޞަތުވެސް ނެތްކަމެވެ. ނަގާފައިވާ އަލިފާން ރާޅުގެ ބޮޑުކަމާއިއެވެ! ލޮބުވެތި ރައްޔިތުން ބިރުވެތިވެވަޑައިގަންނަވާށެވެ!~


މިއަދުނޫޙުން މިއަދު މިކަމުގައި ގެނެސް މިދެނީ އައްޑޫ ލައިވް އިން ހާމަކުރި ޚަބަރު އެއިގެ އަޞްލާއި އެއްގޮތަށެވެ. ރާއްޖެ ޣައިރު ދީން ކުރަމުން ގެންދާ މަސައްކަތްތަކަށް އެހެން ނޫސްތަކުން ވެސް ސަމާލުކަން ދޭކަމީ މިއަދުނޫސް ވަރަށް އުފާ ކުރާ ކަމެކެވެ.


ދީނާއި ހިލާފު ވޯކްޝޮޕްތަކާއި ގުޅޭ ކުއްލި މައްސަލަ މަޖިލީހަށް އެޖެންޑާއެއް ނުކުރި ރާއްޖޭގެ ބައެއް ރަށްރަށުގައި ބޭއްވި ވޯކް ޝޮޕްތަކެއްގައި ދީނާ ހިލާފު ސެޝަންތަކެއް ނަގައިދިން މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ވެއްދި ކުއްލި މައްސަލައެއް އެޖެންޑާކޮށް ކުރިއަށް ނުގެންދަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނިންމަވައިފިއެވެ.


މި މައްސަލަ މަޖިލީހަށް ހުށަހެޅީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދުއެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް މަޖިލީހުގެ ރިޔާސަތުން މައްސަލަ ހުށަހެޅުއްވި މެންބަރަށް ފުރުސަތު ދިނުމުގެ ކުރިން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ މެންބަރު ނަޝީދުގެ ކުއްލި މައްސަލައިގެ ކަރުދާސް ކިޔުއްވުމުން އެއީ ކުއްލި މައްސަލައެއް ގޮތުގައި އޭނާއަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ މަޖިލީހުގެ ގަވާއިދު ވެސް އެއީ ކުއްލި މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދަން ޖާގަ ނުދޭ ކަމަށެވެ. އާޒިމް އެގޮތަށް ވިދާޅުވުމުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވެސް އާޒިމްގެ އެ ވާހަކައަށް ތާއީދު ކުރައްވާ ވާހަކަދެއްކެވިއެވެ.


އެ ހުރިހާ ވާހަކައެއް ދެއްކެވިއިރުވެސް ހުށަހެޅިފައި ވަނީ ކޮން މައްސަލައެއް ކަމެއް މެންބަރު އާޒިމް ވެސް އަދި މެންބަރު ހުސައިން ޝަމީމްވެސް ވިދާޅެއް ނުވެއެވެ. އެ ދެ ބޭފުޅުންގެ ވާހަކައަށް ޖަވާބު ދެއްވުމުގެ ގޮތުން ވާހަކަދެއްކެވި މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ހުށަހެޅިފައިވާ ކުއްލި މައްސަލައަކީ ކޮން މައްސަލައެއް ކަމެއް ވިދާޅެއް ނުވެއެވެ. ނަޝީދު ވިދާޅުވީ ކުއްލި މައްސަލައަށް މެންބަރަކު އިއުތިރާޒު ކުރުމުން މަޖިލީހުގެ ކައުންސިލަ ޖެނެރަލްގެ ގާނޫނީ ލަފައެއް ހޯއްދަވަން ޖެހޭ ކަމަށެވެ.


ނަޝީދު އެވާހަކަތައްފަހު ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ނިޒާމީ ނުކުތާއެއް ނެންގެވިއެވެ. ޝިޔާމް ވިދާޅުވީ ހުށަހެޅިފައިވާ މައްސަލައަކީ މަޖިލިހުން ބަލައިގަނެ މެންބަރުން ބަހުސް ކުރައްވަން ޖެހޭ ކުއްލި މައްސަލައެއް ކަމަށެވެ. އެއަށްފަހު ހުށަހެޅިފައި ވަނީ ކޮން މައްސަލައެއްކަން މަޖިލީހުގެ ތަޅުމަށް ޝިޔާމް ހިއްސާ ކުރެއްވިއެވެ. އެ މައްސަލައަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ލާދީނީ ފިކުރު ފަތުރަން ބަޔަކު ވޯކްޝޮޕްތަކެއް ބާއްވައި އެ ކަމަށް މަސައްކަތް ކުރުމުން ސަރުކާރުން މިހާތަނަށް ވެސް ފިޔަވަޅު އަޅާފައި ނުވާތީ ހުށަހެޅި މައްސަލައެކެވެ. އެއީ ސަރުކާރުގެ ސަމާލު ކަމަށް ގެނަން ޖެހޭ ކަމެއް ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމްގެ ވާހަކައަށް ފަހުގައި ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ ކައުންސިލަ ޖެނެރަލްގެ ލަފާ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނަށް ލަފާ ދެއްވީ އެ މައްސަލަ އެޖެންޑާ ކުރެވެން ނެތް ކަމެއް ކަމަށެވެ. އެއީ ކުއްލި މައްސަލައެއް ގޮތުގައި ބެލެން އޮތް މައްސަލައެއް ނޫން ކަމަށެވެ.


ހދ. ހަނިމާދޫގައި ބޭއްވި ވޯކްޝޮޕެއްގައި ދިނާ ހިލާފު ސެޝަންތަކެއް ނެގި ކަމަށް ބުނެ ސޯޝަލް މީޑިއާގައި އެ ވާހަކަތައް ދައްކަން ފެށުމުން އިސްލާމިކް މިނިސްޓްރީން ވެސް ދަނީ އެ މައްސަލަ ބަލަމުންނެވެ

ޚަބަރުގެ ޢަޞްލު ވިދާޅުވަން:
https://www.addulive.com/177130.

މިއަދު އޮންލައިން