އެއްވެސް ކަމެއް ތިމާ ހުއްޓުވިއަ ނުދޭށެވެ! އެއީ ފޭލްވުމެކެވެ! ފާސްވާނީ މުޞިބާތާއިއެކު ކުރިއަށް ދެވިގެންނެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
އެއްވެސް ކަމެއް ތިމާ ހުއްޓުވިއަ ނުދޭށެވެ! އެއީ ފޭލްވުމެކެވެ! ފާސްވާނީ މުޞިބާތާއިއެކު ކުރިއަށް ދެވިގެންނެވެ!

ދިރިއުޅެމުންދާއިރު އުންމީދު ވެސް ނުކޮށް ހުންނަ ކަންކަން ކުރިމަތިވެއެވެ. އެފަދަ ބައެއް ކަންކަމުގެ ސަބަބުން ސިހުންވެސް ލިބެއެވެ. ނާ އުންމީދުވެ ފަހަތަށް ވެސް ފިޔަވަޅު އެޅެއެވެ. ތެދަށް ބުނާނަމަ މިފަދަ ކަންކަމާއި ގުޅިގެން ބައެއް ފަހަރު މީހާ ހުއްޓުމަކަށްވެސް އާދެއެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކުރިމަތިވާ މުޞީބާތުގެ ސަބަބުން ހިތްދަތިކަންވެސް ލިބޭނެއެވެ. މާޔޫސްވެސް ވާނެއެވެ. ކުއްލިއަކަށް ދިމާވުމުން ހިތްދަތިކަމާއި މާޔޫސްކަން އިތުރުވެގެންވެސް ދެއެވެ. މިކަންކަމަކީ އިންސާނުންގެ ޠަބީޢަތާއި ގުޅިފައިވާ ކަންކަމެވެ. 

އެހެންކަމާއިއެކުވެސް މުސްލިމުންނަކީ ކުރިމަތިވާ އެއްވެސް މުޞީބާތެއްގެ ސަބަބުން ހުއްޓުމަކަށް އައިސްގެންވާނެ ބައެއް ނޫނެވެ. އެ މުޞީބާތެއް މެދުވެރިވީ ކުއްލިއަކަށް ނަމަވެސް ހީވެސް ނުކުރެވޭހައި ގޮތްގޮތުން މީސްތަކުން އިންތިޙާނުކުރައްވަވާނެ ކަމަށް ޤުރްއާނުގައި އޮތުމުން އެކަމަށް ވިސްނައިފިނަމަ އެއްވެސް މީހަކު ހުއްޓުމަކަށް ނުއަންނާނެއެވެ! މަޑުޖެހިލި ނަމަވެސް ކުރިއަށް ހިނގައިގަންނާނެއެވެ! 

މިކަމުގައި އެންމެ ބޮޑަށް ފަރުވާތެރިވާންޖެހޭނީ ކޮށް އުޅޭ އަޅުކަމަށެވެ. އެފަދަ ވަގުތުތަކުގައި އެމީހަކު ކޮށް އުޅޭ އަޅުކަމެއް ކުރުން ހުއްޓައިލެވިއްޖެ ނަމަ އެއޮތީ ފޭލްވެފައެވެ. ޤަވާއިދުން ވިތުރި، ދަމުނަމާދު ފަދަ އަޅުކަން ކުރާ މީހަކަށް އެއިން ކަމެއް ހުއްޓައިލެވިގެން ނުވާނެއެވެ. ކޮންމެ ދުވަހަކު ކުރާ ޛިކުރުތައް ކުރަންވާނެއެވެ! ކީރިތި ޤުރްއާން ކިޔަވާ މިންވަރަށް ކިޔަވަންވާނެއެވެ! 

އަދި ކީއްހެއްޔެވެ! ހިތާމަ އާއި ހިތްދަތިކަމުގެ ވަގުތުތަކުގައި އޮތީ އަޅުކަން ކުރުން އިތުރުކުރުމެވެ. ދުޢާކުރުން ގިނަކުރުމެވެ. އިމްތިޙާނުން ފުރިހަމަގޮތުގައި ފާސްވެވޭނީ އެއިރުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން