"ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލަން މަސައްކަތްކޮށް، ލާދީނީ ވޯކްޝޮޕްތައް އިންތިޒާމްކޮށް ބޭއްވި ފަރާތްތައް އިންޞާފުގެ ކުރިމައްޗަށް ގެނެސް އެބައި މީހުންނަށް ޙައްޤު އަދަބު ދޭން ޖެހޭ! އިން ޝާ ﷲ އެދުވަސް ލަހެއް ނުވެ ދައްކަވާނެ." —ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ޑޜ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވާއިރު ދާދިފަހުން އައްޑޫ ސިޓީގަ އާއި ހަނިމާދޫގައި އެފަދަ ވޯކްޝޮޕްތަކެއް ބޭއްވީ އިންޑިޕެންޑެންޓް ރިޕަބްލިކަން އިންސްޓިޔުޝަން (އައިއާރުއައި) ކިޔާ މަދަނީ ޖަމިއްޔާޢަކުން ކަމަށް މިހާރުވަނީ މައުލޫމާތު ލިބިފައެވެ. އެ ޖަމިއްޔާ ހިންގުމުގައި އިސްލާމް ދީނާއި ދުރު ބައަކު ހިމެނޭކަން ކުރިންވެސް ވަނީ ފާހަގަކުރެވިފައެވެ.
އެފަދަ ވޯކްޝޮޕްތައް ބޭއްވޭނީ ކަމާއިބެހޭ ފަރާތްތަކުން ހުއްދަ ނަގައިގެން ކަމަށް ރާއްޖޭގެ ޤާނޫނުތަކުގައި ބުނި ނަމަވެސް ހަނިމާދޫގައި ބައްދަލުވުން ބާއްވަން ސަރުކާރުގެ އެއްވެސް އިދާރާއެއްގެ އެއްވެސް ހުއްދައެއް ހުށަހަޅާފައެއް ނުވެއެވެ.
މިބައްދަލުވުންތައް ބޭއްވި ބޭރުގެ މީހުންނާއިއެކު ރައީސް ނަޝީދު އިންނެވި ފޮޓޯތަކެއްވެސް ވަނީ ހާމަވެފައެވެ.