ދުނިޔެ ބިރުވެރިކަމެއްގައިވާ މި ދަނޑިވަޅުގައި ޞަދަޤާތް ދިނުމާއި ދުޢާކުރުން ގިނަކުރުމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް އިލްތިމާސް ކުރައްވައިފި އެވެ.
ޑރ. އިޔާޟް ވިދާޅުވީ "ޞަދަޤާތުގެ ސަބަބުން މުޞީބާތް އުފުއްލެވެއެވެ. (މުޞީބާތްތައް ނެތިކުރައްވަވައި މުޞީބާތްތަކުން ސަލާމަތް ކުރައްވަވައެވެ.)" އަދި "ދުޢާގެ ސަބަބުން މެނުވީ ޤަދަރު ބަދަލެއް ނުކުރައްވަވައެވެ."
"ދުނިޔެ ބިރުވެރިކަމެއްގައިވާ މި ދަނޑިވަޅުގައި ވާޖިބުވެގެންވަނީ ހެޔޮމިންވަރާއި ނުބައިމިންވަރަށް އީމާންވުން ވަރުގަދަކުރުމެވެ. އަދި މާތް 2 އަޅުކަން ކަމުގައިވާ ޞަދަޤާތް ދިނުމާއި ދުޢާކުރުން ގިނަކުރުމެވެ. ޞަދަޤާތުގެ ސަބަބުން މުޞީބާތް އުފުއްލެވެއެވެ. (މުޞީބާތްތައް ނެތިކުރައްވަވައި މުޞީބާތްތަކުން ސަލާމަތް ކުރައްވަވައެވެ.) ދުޢާގެ ސަބަބުން މެނުވީ ޤަދަރު ބަދަލެއް ނުކުރައްވަވައެވެ." ޑި. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް