މިއަދު އެންމެ ގިނައިން ކުރާ ދުޢާއަކީ ކޮރާނާ ވައިރަސްއިން ރާއްޖެ ސަލާމަތްކޮށްދެއްވެވުން އެދި ކުރާ ދުޢާކަމަށް ހައްދަވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
މިއަދު އެންމެ ގިނައިން ކުރާ ދުޢާއަކީ ކޮރާނާ ވައިރަސްއިން ރާއްޖެ ސަލާމަތްކޮށްދެއްވެވުން އެދި ކުރާ ދުޢާކަމަށް ހައްދަވާ!

މިއަދަކީވެސް ހުކުރު ދުވަހެކެވެ. އެދުވަހަކަށް އިރު އަރާނެ އެންމެ މާތް ދުވަހެވެ! ރަސޫލް (ޞޢވ) ޞަލަވާތް ކިޔެވުމާއި އެނޫންވެސް އަޅުކަން ކުރުން ގިނަކުރުމާއިއެކު ދުޢާކުރުން ގިނަކުރަންވީ ދުވަހެވެ!

މިއަދު އެންމެ ގިނައިން ކުރާ ދުޢާއަކީ މުޅި ދުނިޔެއަށް ބިރުވެރި ވަބާއަކަށްވެފައިވާ ކޮރޯނާ ވައިރަސް އިން ރާއްޖެ ޢާއި ދިވެހިރައްޔިތުން ސަލާމަތްކޮށްދެއްވެވުން އެދި ކުރާ ދުޢާ ކަމުގައި ހެއްދެވުން ކީއްތޯއެވެ؟ އަމިއްލަ ބޭނުންތަކުގައި ކުރާ ދުޢާއާއިއެކު ވެސް އެކަމަސް ދުޢާކުރެވިދާނެއެވެ!

ކޮންމެ ފަދަ މުޞީބާތަކާއި ގުޅިގެންވެސް އެންމެ ގިނައިން ދުޢާކުރަންވީ ތިމާގެ ފާފަތައް ފުއްސެވުން އެދިއެވެ. ވީމާ ކޮންމެ މީހަކުވެސް އެމީހާގެ ފާފަތައް ފުއްސަވައި ދެއްވެވުން އެދި ވެސް ދުޢާކުރުން ގިނަކުރާށެވެ!

ޔަޤީންކުރާށެވެ! ތަޤްދީރު ބަދަލުކޮށްދެއްވަނީ ދުޢާއިންނެވެ. އަހަރެމެން އިޚްލާޞްތެރިވެ ދުޢާކޮށްފިނަމަ ކޮރޯނާ ވައިރަސްގެ ވަބާއިން ރާއްޖެ އާއި ދިވެހިރައްޔިތުން ސަލާމަތްކޮށް ދެއްވެވުމަކީ ﷲ ފުއްދަވައި ނުދެއްވަވާނެ ކަމެއް ކަމަށް ނުދެކޭށެވެ! އެކަލާނގެއީ އިޚްލާޞްތެރިކަމާއިއެކު އަޅުތަކުން ކުރާ ދުޢާ އިޖާބަކޮށްދެއްވަވާ ރަސްކަލާނގެއެވެ!

ދުޢާކުރާއިރު ދުނިޔެއަށް ކުރިމަތިވަމުން މިދާ އިޤްޠިޞާދީ މައްސަލަތަކުން ރާއްޖޭގެ އެންމެހައި ރައްޔިތުން ސަލާމަތްކޮށްދެއްވެވުން އެދިވެސް ދުޢާކުރާށެވެ! ޤައުމަށް ކުރިމަތިވާ ކޮންމެ މުޞީބާތެއްގެ އަސަރު ޤައުމުގެ ރައްޔިތުންނަށް ކުރާނެއެވެ! ވީމާ މިވެނި ކަމަކީ ތިމަންނަ އާއި ބެހޭ ކަމެއް ނޫން ކަމަށް ހަމަ އެކަކުވެސް ނުދެކޭށެވެ! ޤައުމުގެ ކޮނަމެ ކަމަކީވެސް ހަަމ ކޮންމެ ރައްޔިތަކާއިވެސް ވަރަށް ބޮޑަށް ގުޅުން ހުރި ކަންކަމެވެ.

މިއަދު އޮންލައިން