ގޭޓަށް ކަރަންޓްދީ، ސެކިޔުރިޓީން ބައިތިއްބައިގެން ފާފަތައް ތިއަކުރަނީ ކޮންކަމެއް ސިއްރުކުރެވޭނެ ކަމަށް ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ގޭޓަށް ކަރަންޓްދީ، ސެކިޔުރިޓީން ބައިތިއްބައިގެން ފާފަތައް ތިއަކުރަނީ ކޮންކަމެއް ސިއްރުކުރެވޭނެ ކަމަށް ހެއްޔެވެ؟

"އަދި ޣައިބުގެ ތަޅުދަނޑިތައްވަނީ، އެކަލާނގެ ޙަޟްރަތުގައެވެ. އެކަލާނގެ މެނުވީ، އެކަންތައްތައް ދެނެވޮޑިގެންނުވެތެވެ. އެއްގަމާއި، ކަނޑުގައިވާ ކަންތައްތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އެކަލާނގެ ދެނެވޮޑިގެން މެނުވީ ގަހެއްގެ ފަތެއްވެސް ނުވެއްޓެއެވެ. އަދި ބިމުގެ އަނދިރިކަމުގެ ތެރޭގައިވާ އޮށްޓަރެއްވިޔަސް، އަދި ރޯއެއްޗެއްވިޔަސް، ހިކިއެއްޗެއްވިޔަސް، ބަޔާންވެގެންވާ ފޮތެއްގައި (ލިޔުއްވާފައި) މެނުވީ ނުވެތެވެ." (އަލްއަންޢާމް: 59) 

ބައެއް މީހުން އެމީހުންގެ ފުދުންތެރިކަން ހުރިނަމަ ސެކިޔުރިޓީން ބައިތިއްބައިގެން ގޭޓަށް ކަރަންޓްދީގެން އަދި އެނޫންވެސް ސަލާމަތީ ފިޔަވަޅުތައް އަޅައިގެން ތިބެ ފާފަތައް ކުރެއެވެ. އެފަދަ މީހުން "އެއްގަމާއި، ކަނޑުގައިވާ ކަންތައްތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އެކަލާނގެ ދެނެވޮޑިގެން މެނުވީ ގަހެއްގެ ފަތެއްވެސް ނުވެއްޓެއެވެ. އަދި ބިމުގެ އަނދިރިކަމުގެ ތެރޭގައިވާ އޮށްޓަރެއްވިޔަސް، އަދި ރޯއެއްޗެއްވިޔަސް، ހިކިއެއްޗެއްވިޔަސް، ބަޔާންވެގެންވާ ފޮތެއްގައި (ލިޔުއްވާފައި) މެނުވީ ނުވެތެވެ." މިއޮތް ބަސްފުޅަށް ވިސްނައިލާށެވެ! 

ދެން ފާލުބަލައި ރަމަލުޖަހާ މީހުންގެ އެހީތެރިކަން ހޯދާ މީހުން ވިސްނައިލަންވީ "އަދި ޣައިބުގެ ތަޅުދަނޑިތައްވަނީ، އެކަލާނގެ ޙަޟްރަތުގައެވެ. އެކަލާނގެ މެނުވީ، އެކަންތައްތައް ދެނެވޮޑިގެންނުވެތެވެ." އޮތް ބަސްފުޅަށް ވިސްނައިލާށެވެ! 

މީސްތަކުންނޭވެ! ދުނިޔޭގައި ކަންކަން ސިއްރުވެސް ކުރެވިދާނެއެވެ! ނަމަވެސް މަރުވެ ކައްވަޅުގައި ވަޅުލެވޭއިރަށް އެކަންކަން ތިބާ އާއި ބައްދަލުކުރާނެއެވެ! ހުއްޓުވޭނެ ސެކިޔުރިޓީންނެއްވެސް ނުތިބޭނެއެވެ! ކަރަންޓްދީ ތަޅުލައި ހުރަސް އެޅޭނެ ގޭޓެއްވެސް ނުހުންނާނެއެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން