ޙަރަމްފުޅު ކައިރިން މީހުން ހުސްކުރަން ޖެހުމަކީ ދުނިޔެ ހުއްޓުމަކަށް އަތުވެދާނެ ކަމުގެ އިންޒާރެއް ކަމަށް ދެކެމާތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ޙަރަމްފުޅު ކައިރިން މީހުން ހުސްކުރަން ޖެހުމަކީ ދުނިޔެ ހުއްޓުމަކަށް އަތުވެދާނެ ކަމުގެ އިންޒާރެއް ކަމަށް ދެކެމާތޯ؟

މީގެ ދެ ރޭ ކުރިން މައްކާގެ ޙަރަމްފުޅު ސަރަހައްދު ސާފުކޮށް ޑިސްއިންފެކްޓްކުރުމަށްޓަކައި މައްކާގެ ޙަރަމްފުޅުގެ ސަރަހައްދުން މީހުން ވަނީ އެތައް ގަޑިއިރަކަށް ހުސްކޮށްފައެވެ. އެވަގުތުވެސް ބިންމަތި ފިޔަވައި މަތީ ބުރިތަކުގައި ޠަވާފްކުރަމުން ގެންދިއައެވެ. ވީމާ ޠަވާފް ކުރުމެއް ނުހުއްޓެވެ. ޠަވާފް ނުކުރެވުނީ ހަމައެކަނި ހަމައެކަނި ޙަރްމްފުޅު ކައިރިން ބިންމަތީގައެވެ.


އެއީ އާދައިގެ ކުޑަކުޑަ ކަމެއް ކަމަށް ނުދެކެމާތޯއެވެ؟ ލިބިގެންދިއަ މެސެޖަކީ ދުނިޔޭގެ ދިރިއުލުމުގެ ކަންކަން ޢާންމު ޙާލަތުން ނެއްޓި ހުއްޓުމަކަށް އަތުވެދާނެ ކަމާއި ނަމަވެސް ﷲ އަށް އަޅުކަން ކުރުން ނުހުއްޓުވޭނެކަންކަމުގައި ޤަބޫލުކުރުން ކީއްތޯއެވެ؟

ސަރަހައްދު ޑިސްއިންފެކްޓްކުރަން ނަމަވެސް ހިނދުކޮޅަކަށް ނަމަވެސް ޙަރަމްފުޅުގެ ސަރަހައްދުން މީހުން ހުސްކުރަން ޖެހުން އެއީ ވަރަށް ފުންކޮށް ވިސްނަން ޖެހޭނެ ކަމެކެވެ. ދުނިޔެ ހުއްޓުމަކަށް އަތުވެދާނެ ކަމުގެ ވަރުގަދަ އިންޒާރެއް ކަމުގައި ދެކެމާތޯއެވެ؟


ދުނިޔޭގެ ކަންކޮޅުތަކުގައި އިސްލާމް ދީނާއި ޚިލާފްކަންކަން ޢާންމުވުން އިތުރުވެ އިސްލާމް ދީނާއި ދެކޮޅަށް ކުރެވޭ މަސައްކަތްތައް އިތުރުވެ އަދި އިސްލާމީ ޤައުމުތަކުންވެސް އިސްލާމް ދީނާއި ދުރު ގޮތްތައް އިކްތިޔާރުކުރަމުން ގެންދާ މިފަދަ ދުވަސްތަކެއްގައި ދުނިޔެއިން ފެނިގެންމިދާ ކަންކަމަށް ސަމާލުކަން އިތުރުކޮށް ހޭލުންތެރިކަން އިތުރުކުރުން ކީއްތޯއެވެ؟ ކޮންމެ މުޞިބާތަކީވެސް އެކަމަކުން ވަރަށް ގިނަ ޢިބްރަތްތައް ޙާޞިލުކުރަން ޖެހޭނެ ކަންކަމެވެ.


ޙަރަމްފުޅުގައި މެދުވެރިވި މިޙާލަތަށް ދުނިޔޭގެ ބޮޑެތި ޢިލްމުވެރިންވެސް ވަނީ ކަންބޮޑުވުން ފައުޅު ކުރައްވަވައިފައެވެ. އަދި މިހާރުވެސް ގެންދަވަނީ ކަންބޮޑުވުން ފައުޅުކުރައްވަވަމުންނެވެ.

 

މިއަދު އޮންލައިން