މައިންނާ ދަރިން ދުރުކުރުވުމަކީ ވަރަށް ނުރައްކާތެރިކަމެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
މައިންނާ ދަރިން ދުރުކުރުވުމަކީ ވަރަށް ނުރައްކާތެރިކަމެކެވެ!

"މައިންނާ ދަރިން ވަކިކުރުވާ މީހުން، އެންމެ ލޯބިވާ މީހާ އާއި ޤިޔާމަތް ދުވަހު ﷲ ދުރުކުރައްވަވާނެތެވެ!" (ޙަދިޘް/ ތިރުމިޛީ) 

މި ހަދީޘްފުޅު ބަޔާންކޮށްދެއްވަމުން ޝައިޚް އިބްރާހީމް ފަރީދު ވިދާޅުވީ ޙަދީޘްފުޅުގެ މާނައަކީ އެމީހަކު ދުނިޔޭގައި އެންމެ ލޯބިވި މައިމީހާ، އަނބިމީހާ ފަދަ މީހާ އާއި އެމީހަކާއި ޤިޔާމަތް ދުވަހު ﷲ ތަޢާލާ ދުރުކުރައްވަވާނެ ކަމެވެ.   

ތަޤްވާވެރި މައިންގެ އަތުން ދަރިން އަތުލައި ދުރުކުރުވުމަކީ ވަރަށް ނުރައްކާތެރި ކަމެއްކަން މި ޙަދީޘްފުޅުން އެނގިގެންދެއެވެ. ނަމަވެސް މައިމީހާގެ ކިބައިގައި ތަޤްވާވެރިކަން ނެތުމުން، ދަރިފުޅު މަގުފުރެދިގެން ހިނގައިދާނެ ކަމަށް ޤަބޫލުކުރެވިއްޖެ ޙާލަތުގައި ދީނީ ޢިލްމުވެރިންގެ ލަފާ ހޯދައިގެން ޢަމަލުކުރުމަކީ ތަފާތުކަމެކެވެ. 

ގިނަ ފަހަރު މައިމީހާގެ އަތުން ދަރިން އަތުލަނީ ވަރިކުރުމަށްފަހު ދެރަކޮށްލުމުގެ ގޮތުންނެވެ. އޭނާއަށް އެކަމުން އަޅާނެ ވޭން ބޮޑުވާނެތީ އަނިޔާކުރުމުގެ ގޮތުންނެވެ. އެފަދަ ވިސްނުމުގައި ކަންތައްތައް ކުރާ މީހުން މި ޙަދީޘްފުޅަށް ބިރުވެތިވުން ހުއްޓެވެ! 

މިއަދު އޮންލައިން