ދަސްކުރާ ހެޔޮ އެއްޗެތި ފަސޭހައިން ހަނދާން ނެތެނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ދަސްކުރާ ހެޔޮ އެއްޗެތި ފަސޭހައިން ހަނދާން ނެތެނީ ކީއްވެ؟

މިހާރަކަށް އައިސް ގިނަ ބައެއްގެ ޝަކުވާއަކަށްވެފައި އޮންނަ އެއްކަމަކީ ދަސްކުރާ ހެޔޮ އެއްޗެތި ފަސޭހައިން ހަނދާންނެތޭ ކަމެވެ. ކިޔަން ބޭނުންވާ ވަގުތު ހިތަށް ނުއަންނަ ކަމެވެ. މިކަމުގައި 2 ސަބަބެއް މެދުވެރިވެއެވެ.

ފުރަތަމަ ސަބަބަކީ ދަސްކުރުމަށްފަހު ކިޔުން މަދުކަމެވެ! ޤަވާއިދުން ކިޔާނަމަ ހަނދާން ނެތުމުގެ ފުރުޞަތު ވަރަށް ކުޑަވާނެއެވެ. 

މިކަމުގެ އެންމެ ފަސޭހަ އެއް މިސާލަކީ ކަށުނަމާދުގައި ކުރާ ދުޢާއެވެ! ވަރަށް ގިނަ ބައަކު ދުޢާ ދަސްކުރި ނަމަވެސް ހަނދާނެއް ނުހުރެއެވެ. އެއީ ކަށުނަމާދުގައި ބައިވެރިވުން މަދުކަމުންނެވެ. ޢާންމުކޮށް ކަށުނަމާދުކުރާނަމަ ހަނދާން ހުންނާނެއެވެ. 

ދެވަނަ ސަބަބަކީ ސިކުނޑީގައި ބޭކާރު ކަންކަން ގިނަކުރާކަމެވެ. ބޭކާރު ވިސްނުންތަކުން ސިކުނޑި ފުރައިލާ ކަމެވެ. އެއްޗެތި މާގިނަވުމުން ކޮންޕިޔުޓަރ ސްލޯވާ ފަދައިން އެއްޗެތި ގިނަވުމުން ސިކުނޑިވެސް ހަމަ ސްލޯވާނެއެވެ. ވީމާ ހަނދާންކުރަން ބޭނުންވާ ވަގުތު ހިތްމައްޗަށް ގެންނަން އުނދަގޫވަނީއެވެ. މާފަހުން ހަނދާންވެސްވާނެއެވެ. 

ދެވަނަ ގޮތުގައި ޙައްލަކީ ބޭކާރު ކަންކަމަށް ނުވިސްނުމެވެ. މުސްލިމުންނަކީ އެމީހުންގެ ހުރިހާ ސަމާލުކަމެއް އިސްލާމް ދީނުގެ ކަންކަމަށް ދޭންޖެހޭ ބައެކެވެ. ވީމާ ބޭކާރު ކަންކަމަށް އެހައި ބޮޑަށް ނުވިސްނާށެވެ! ބޭކާރު ކަންކަމަސް ދޭ ސަމާލުކަން ބޮޑުކުރާށެވެ! 

މީގެ އިތުރުން ހިތް އަލިކޮށްދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ! އަދި ފާފަކުރުމާއި ބޭކާރު ވާހަކަ ދެއްކުން ވެސް ހުއްޓައިލާށެވެ. ފާފަ ކުރުމަކީ ހިތް ގައުކޮށް ހިލަކުރާ ސަބަބެކެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން